Advertisement

ސެޕްޓެމްބަރު މަހު މާލޭގައި 202 ކައިވެނި، 113 ވަރި

މިދިޔަ ސެޕްޓެމްބަރު މަހު މާލޭގައި ހުންނަ ފެމިލީ ކޯޓުގައި 202 ކައިވެނި ކުރިއިރު، 113 ވަރި ކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ކޯޓުން މިއަދު އާންމުކޮށްފައިވާ ތަފާހިސާބުތައް ދައްކާގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހު އެ ކޯޓުން 113 ވަރި ކޮށްދީފައިވާއިރު، 202 ކައިވެނި ކޮށްދީފައި ވެއެެވެ.

Advertisement

މަސް ނިމުނުއިރު، ވަރިއާ ގުޅޭ އިތުރު 200 މައްސަލައެއް ނުނިމި ކޯޓުގައި އެބައޮތެވެ. އެ މަހު ކޯޓަށް ވަރި ކުރަން 67 މައްސަލައެއް ހުށަހެޅިއިރު، 153 މައްސަލައެއް ނިންމައި، 29 ވަރިކޮށްފައިވެއެވެ. އޮގަސްޓް މަހުގެ ބާކީއާއެކު 197 މައްސަލައެއް ކޯޓުން ބަލަމުން ދެއެވެ.

ވަރީގެ މައްސަލަތަކަށް ބަލާލާއިރު، އެންމެ ގިނައިން ހުށަހެޅިފައިވަނީ ވަރިވުމަށް އެދިއެވެ. ވަރިވުމަށް އެދި ސެޕްޓެމްބަރު މަހު 67 މައްސަލަ ހުށަހެޅުނުއިރު، ވަރިކުރުމަށް 27، ވަރި ސާބިތު ކުރުމަށް 60 މައްސަލަ ވަނީ ހުށަހަޅާފައެވެ. އަދި ވަރިއާ މެދު ޝައްކުވެގެން ދެ މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

ސެޕްޓެމްބަރު މަހު އެ ކޯޓަށް ހުށަހެޅި އަދި ނިންމި ކުޑަކުދިންނާ ގުޅޭ މައްސަލަތަކަށް ބަލާއިރު، ހަޟާނާތުގެ އެއް މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި ކުޑަކުދިންނާއި ގުޅޭ ފަސް މައްްސަލައެއް ނިންމާފައި އޮތް ކަމަށް ދައްކާއިރު، އޮގަސްޓު މަހުގެ 38 މައްސަލައެއް ކޯޓުގައި ހިނގަމުން ދެއެވެ. އަދި ނުނިމި 39 މައްސަލައެއް އޮތް ކަމަށް ދައްކައެވެ.

ކުއްޖާ އިހްތިޔާރުކުރާ ފަރާތެއް ކަނޑައެޅުމުގެ އެއް މައްސަލައެއް ސެޕްޓެމްބަރު މަހު ހުށަހެޅި ކަމަށް ދައްކާއިރު، އެއް މައްސަލަ ވަނީ ނިންމާފައެވެ. އަދި އެ ބާވަތުގެ ނުވަ މައްސަލައެއް ކޯޓުގައި ހިނގަމުންދާއިރު، ނުނިމި ނުވަ މައްސަލައެއް ކޯޓުގައި ހިނގަމުން ދެއެވެ.

ދަރިން ނުދެއްކުމުގެ އެއް މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާއިރު، އޭގެ މައްސަލައެއް ނިންމާފައިނުވާ ކަމަށް ފެމިލީ ކޯޓުން ވަނީ ހާމަކޮށްފައެވެ. އެ ބާވަތުގެ 11 މައްސަލައެއް ކޯޓުގައި ހިނގަމުންދާއިރު، އޮގަސްޓު މަހުގެ 10 މައްސަލައެއް ކޯޓުގައި ހިނގަމުން ދެއެވެ.

މީގެ އިތުރުން ގެވެށި އަނިޔާއާ ގުޅޭ އަށް މައްސަލައެއް މިދިޔަ މަހު ފެމިލީ ކޯޓަށް ހުށަހެޅިފައިވާއިރު، ރައްކާތެރިކަމުގެ އަމުރު ނެރެދެން ހަތަރު މައްސަލަ ހުށަހެޅުނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް