Advertisement

ވޯޓުލުން ނިމެން ކައިރިވާއިރު 64 ޕަސެންޓް މީހުން ވޯޓު ނުލާ

އައްޑޫގައި ސިޓީ ކައުންސިލް އޮންނަ ގޮތާމެދު ޚިޔާލު ހޯދުމަށް ނަގާ ވޯޓުގައި މިހާތަނަށް ވޯޓުލީ 17 ޕަސެންޓު މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފިއެވެ.

ހެނދުނު 8:00 ވޯޓުލުން ފަށާފައިވާއިރު، އީސީން އަންނަނީ ވޯޓުލާ މީހުންގެ ހިސާބުތައް ކޮންމެ ގަޑިއިރަކުން ހިއްސާކުރަމުންނެވެ.

Advertisement

އެންމެ ފަހުން ހިއްސާކުރި ހިސާބުތަކުގައިވާ ގޮތުން، 12:00 ޖެހުމާ ހަމައަށް ވޯޓުލީ 1،661 މީހުންނެވެ. އެއީ، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން އެންމެ 17.35 އިންސައްތަ މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ، 789 އަންހެނުންނާއި 879 ފިރިހެނުންނެވެ.

އީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ރިފަރެންޑަމްގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންނަކީ:

  • ފޭދޫން 4،355 މީހުން
  • ހުޅުދޫން 2،874 މީހުން
  • މީދޫން 2،347 މީހުން

މި ވޯޓަށް ހުޅުދުއާއި މީދޫގައި ކޮންމެ ރަށެއްގައި ތިން ފޮށި ބަހައްޓާއިރު، ފޭދޫގައި ވޯޓުލުމަށް ފަސް ފޮށި ބަހައްޓާނެއެވެ. އަދި ވެރިރަށް މާލޭގައި ދިރިއުޅޭ، މި ތިން ރަށުގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންނަށް ހަތް ފޮށި، މާލޭގެ ކަލާފާނު ސްކޫލުގައި ބަހައްޓާނެ ކަމަށް އީސީން މައުލޫމާތު ދީފައިވެއެވެ.

މި ވޯޓު ކުރިއަށްދާނީ ހަވީރު 04:00އާ ހަމައަށެވެ.

އީސީން ބުނެފައިވާ ގޮތުގައި، ވޯޓުތައް ގުނަން ފަށާނީ ވޯޓުލުން ނިމޭތާ 30 މިނެޓް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް