Advertisement
ކޮލަމާފުށްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި ހަތަރު މީހުންގެ ފޮޓޯ އާއި ވަނަވަރު ---

ކޮލަމާފުށްޓަށް މަސްތުވާތަކެތި ހިފައިގެން ދިޔަ ބަޔަކު ހައްޔަރުކޮށްފި

ގއ. ކޮލަމާފުށްޓަށް ލޯންޗެއްގައި މަސްތުވާތަކެތި ހިފައިގެން ދިޔަ އެ ރަށު ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިފަދަ އޮޕަރޭޝަނެއް ހިންގީ ކޮލަމާފުށްޓަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް މައުލޫމާތު ލިބިގެން ކަމަށެވެ.

Advertisement

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގއ. ކޮލަމާފުށި، ކައުސަރު، ހަސަން ރައްޔާން، 26، ގއ. ކޮލަމާފުށި، އިސްމާއިލް ހާޒިމް ހަބީބު، 22، ގއ. ކޮލަމާފުށި، ޝަބްނަމްގެ، އަލީ ޖަނާހު ޖައުފަރު، 25، އާއި ގއ. ކޮލަމާފުށި، ލީނާ މަންޒިލް، އިބްރާހިމް އަޒާން މުހައްމަދު، 19 އެވެ.

މި މީހުން ކޮލަމާފުށްޓަށް އައި ލޯންޗު ބަލައިފާސްކޮށް ފުލުހުން ވަނީ މަސްތުވާތަކެތި ކަމަށް ބެލެވެ 44.83 ގްރާމުގެ ތަކެތި ހޯދާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 30 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދެ ދަޅާއި އެތަނުން އެކެއްގެ ގައިން ފެނުނު ހަތް ސެލޯފިން ކޮޅެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ހައިޒަމްގެ ބަންދަށް 12 ދުވަސް އަދި ދެން ތިބި މީހުންގެ ބަންދަށް ހަތް ދުވަސް ކޯޓުން ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް