Advertisement
ފީފާއިން އިޒްރޭލު ބޭން ކުރުމަށް ގޮވާލައި މިއަދު ގަލޮޅު ދަނޑުގައި އަޑުއުފުލި މީހުން ކައިރި ފުލުހުން ހަރަކާތްތެރިވަނީ ----

ފީފާއިން އިޒްރޭލު ބޭން ކުރަން ގޮވާލި ބަޔަކު ގަލޮޅު ދަނޑުން ނެރެފި

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ހާއްސަ ފުޓްބޯޅަ މެޗާއި ދިމާކޮށް، ފީފާއިން އިޒްރޭލު ބޭން ކުރުަމަށް ގޮވާލި ބަޔަކަށް ފުލުހުން ހުރަސް އަޅައި އެމީހުން ގަލޮޅު ދަނޑުން މިއަދު ނެރެފި އެވެ.

މިއަދު ހަވީރު އޮތް މި މެޗާއި ދިމާކޮށް ބަޔަކު ވަނީ އިޒްރޭލާއި ދެކޮޅު އަދި ފަލަސްތީނާއި އެއްކޮޅު ޕޯސްޓަރުތަކެއް ހިފައިގެން ގަލޮޅު ދަނޑަށް ވަދެ އަޑުއުފުލާފަ އެވެ. އެ މީހުން ގޮވާލީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން، ދުނިޔޭގެ ފުޓްބޯޅައިން އިޒްރޭލު ބޭންކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

Advertisement

އެ މީހުން ކައިރިއަށް ފުލުހުން ގޮސް އެތަނުން އެކަކު ދަނޑުން ނެރޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. ދެ ފުލުހަކު އެ މީހާ ނެރެގެން ގެންދާއިރު ދެން ތިބި މީހުން އިޒްރޭލާ ދެކޮޅަށް އަޑުއުފުލަމުންދާ މަންޒަރު ފެނެ އެވެ.

ފުޓްބޯޅައިގެ ހަރަކާތްތަކުގައި އިޒްރޭލް ބައިވެރިވުން ހުއްޓުވައި، އެ ގައުމާ މެދު ފިޔަވަޅު އަޅަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މީގެ ކުރިން ވަނީ ދެކޮޅު ހައްދަވާފަ އެވެ.

ޒިއުރިކްގެ ފީފާ ހެޑްކުއާޓާސްގައި މި މަހުގެ ކުރީކޮޅު ކުރިއަށްދިޔަ، ފީފާ ކައުންސިލް ބައްދަލުވުން ފެށުމުގެ ގޮތުން، ދެއްކެވި ވާހަކައިގައި އިންފަންޓީނޯ ވިދާޅުވީ، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އެކިއެކި ދަތިތައް ތަހައްމަލުކުރަމުން އަންނަ ފަރާތްތަކުގެ މަތިން ހަނދާން ކުރާ ކަމަށާއި ފުޓްބޯޅަ ދުނިޔެ އަށް ކުރެވޭނެ އެންމެ ބޮޑު ކަމަކީ، އެއްބައިވަންތަ ކަމާއި ސުލްހަ މަސަލަސްކަން ގާއިމްކުރުމަށް ބާރު އެޅުން ކަަމަށެވެ.

“ފީފާ އަށް ޖިއޯޕޮލިޓިކަލް މައްސަލަތައް ހައްލެއް ނުކޮށްދެވޭނެ. އެކަމަކު ފުޓްބޯޅަ ޕްރޮމޯޓް ކުރުމުގެ މަސައްކަތުގެ ތެރެއިން އިންސާނީ ހައްގުތަކުގެ ކަންކަން ކަށަވަރުކުރަން މަސައްކަތް ކުރެވިދާނެ،” އިންފަންޓީނޯ ވިދާޅުވި އެވެ.

މިއީ، އިޒްރޭލާއި ރަޝިއާއާ މެދު އެއް ހަމައަކުން އަމަލުކުރަން ފީފާ އިން ގެންގުޅޭ ދެފުށްދެގޮތް އުސޫލެއް ކަމަށް ބުނެ، ގިނަ ބަޔަކު ފާޑުކިޔަށް ފެށުމާ އެކު، އިންފަންޓީނޯ ވަނީ އިންސްޓަގްރާމްގައި ޕޯސްޓެއް ކުރައްވައި، ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް، ޖިބްލީލް ރަޖޫބްއާ ބައްދަލުކުރެއްވި ކަަމަށް ވިދާޅުވެފަ އެވެ.

ރަސްމީ ދަތުރެއްގައި އިންފަންޓީނޯ ރާއްޖެ ވަޑައިގެންނެވީ މިއަދު ހެދުނު އެވެ.

އޭނާއަށް މަރުހަބާ ދެންނެވުމަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަރަކާތްތަކެއް ރޭވިފައިވާއިރު، ސަގާފީ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. އަދި، ގައުމީ ފުޓްބޯޅަ ޓީމާއި ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންގެ އިތުރުން އެކަޑަމީތަކުގެ ކުދިން ވެސް އިންފަންޓީނޯ އަށް މަރުހަބާ ކިއުމުގެ މި އިވެންޓްގައި ބައިވެރިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް