Advertisement

އިސްދޫ-ކަލައިދޫ މަގުތައް ހެދުމުގެ މަޝްރޫއު އާރްޑީސީއަށް!

ލ. އިސްދޫ- ކަލައިދޫ މަގުތައް ހެދުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްގެން އިއްޔެ ފައްޓަވާދެއްވާފައިވަނީ ރައީސް ޑރ. މުއިއްޒު ހައްދުންމައްޗަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އިސްދޫ-ކަލައިދޫ އަށް ވަޑައިގަންނަވާ ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

Advertisement

މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓަކްޗާ މިނިސްޓަރު ޑރ. އަބްދު ﷲ މުއްތޮލިބެވެ.

އަދި އަރިހުގައި ލ. އިސްދޫ ދާއިރާގެ މަޖިލިސް މެންބަރު އިސްމާއިލް ޝަފީއު، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޡީމް އަދި ލ. އިސްދޫ ކައުންސިލުގެ ރައީސް އިބްރާހިމް ޚަލީލް ވެސް ބައިވެރިވެވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް