Advertisement

ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް، ފަތުހުﷲ ސަސްޕެންޑްކޮށްފި

ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ފަތުހުﷲ ޖަމީލް މޫސާ ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން އެގޮތަށް ނިންމީ އޭނާއާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައެއް ބެލުމަށް ފަހުގައެވެ.

Advertisement

ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ހާމައެއް ނުކުރެއެވެ.

ސަސްޕެންޝަންގެ މި މުއްދަތުގައި ފަތުހުﷲ އަށް މުސާރަ ނުލިބޭނެ ކަމަށްވެސް ޖޭއެސްސީން ވިދާޅުވިއެވެ.

މީގެ ކުރިންވެސް ފަތުހުﷲ ޖަމީލްގެ މައްސަލައެއް 2023 ވަނަ އަހަރު ޖޭއެސްސީން ބެލިއެވެ. އެއީ ޖިނާއީ އިޖުރާތުގެ ގާނޫނާ ހިލާފުވެފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް އޭރު ހުށަހެޅި ސުލޫކީ މައްސަލައެކެވެ. ނަމަވެސް، ޖޭއެސްސީން ވަނީ އެ އަހަރުގެ ތެރޭގައި އެ މައްސަލަ ނުބަލަން ނިންމައިފައެވެ.

އެ މައްސަލައާ ގުޅިގެން ޖޭއެސްސީން އޭރު ވިދާޅުވީ އެ ކޯޓަށް ހުށަހެޅި، ގަޒިއްޔާއެއްގެ އަޑުއެހުމުގައި ދައުވާއަކަށް އިއުތިރާފުވެފައިވީ ނަމަވެސް، އެ ގަޒިއްޔާއަކީ އަވަސް ނިޔާގައި ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަން ނިންމައިފައި އޮތީ ގާނޫނާ ޚިލާފަށް ކަމަށް ބެލެވެން ނެތްކަމަށެވެ.

ފަނޑިޔާރުންނާއި ގުޅޭ އެފަދަ މައްސަލަތައް ބެލުމަށްފަހު ކޮމިޝަނުން އަންނަނީ ފަނޑިޔާރުންނަށް ނަސޭހަތް ނުވަތަ އިތުރު ތަމްރީން ދޭން ފެންނަ ނަމަ އެ ކަން ވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި