Advertisement

ހިތަދޫގެ ގެއެއް ތެރޭ ދެމަފިރިން މަރުވެފައި އޮއްވައި ފެނިއްޖެ

އައްޑޫ ސިޓީ ހިތަަދޫގެ ގެއެއް ތެރޭގައި މަރުވެފައި އޮތް ދެ މީހުން ފެނިއްޖެ އެވެ.

ހަވާސާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ މީހެއްގެ ހަށިގަނޑު ފެނުނީ ހިތަދޫގައި އަލަށް ހަދަމުންދިޔަ ގެއަކުންނެވެ. ނަމަވެސް އެ ދެމަފިރިން ދިރިއުޅެމުން ދިޔައީ އެ ގޭގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެއީ ހިތަދޫ ޓޫރިޒަމް ސަރަހައްދާ ކައިރީގައި ހުންނަ ގެއެކެވެ.

Advertisement

މަރުވީ ދެމަފިރިން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ. އެ މީހުންގެ ހަށިގަނޑު މިހާރު ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.

ދެމަފިރިން މަރުވެފައިވާކަން އާއިލާއިން ވަނީ ހަވާސާ އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް