Advertisement

ޕެންސަން އޮފީހުގެ ބޯޑު މެންބަރު ކަމުން ސަރުވަޝް އިސްތިއުފާ ދިނުމުން ޝާހިދު ހިއްވަރު ދެއްވައިފި

ޕެންޝަން އޮފީހުގެ ބޯޑު މެންބަރު ކަމުން އަޙްމަދު ސަރުވަޝް އާދަމް އިސްތިއުފާ ދެއްވުމަކީ، އެމަނިކުފާނުގެ ހިތްވަރުގަދަކަމާއި އިޚްލާޞްތެރިކަން ދައްކުވައިދޭ މުހިންމު ނިންމެވުމެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ސަރުވަޝްގެ މި ނިންމެވުމަކީ ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ރަނގަޅު ނަމޫނާއެއް ކަމަށް ވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

މިގޮތަށް ޝާހިދު ވިދާޅުވެފައިވަނީ މިއަދު އާންމު ކުރެއްވި އެކްސް (ޓްވިޓަރ) ޕޯސްޓެއްގައެވެ.

Advertisement

ޕެންޝަން އޮފީހުގެ ބޯޑުން ސަރުވަޝް އާދަމް އިސްތިއުފާދެއްވައިފި ވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކު ހިންގަން ރާވައިފައިވާ ފައިސާގެ މުއާމަލާތާ ގުޅިގެންނެވެ.

މިދިޔަ ހަފުތާގައި ޕެންޝަން އޮފީހުގެ ބޯޑުން ވަނީ އެމްއެމްއޭއާ އެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފައެވެ. އެއީ، ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށެވެ. އެއީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްއެމްއޭއާ އެކު ބޮންޑު ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމުމާ ގުޅިގެން، ބޯޑު މެންބަރުކަމުން އިސްތިއުފާދެއްވާފައިވާ ކަމަށެވެ.

ސަރުވަޝް ވިދާޅުވީ، އެ މުއާމަލާތަކީ ގާނޫނީ އަދި އިގުތިސާދީ ވެސް ގިނަ ކަންބޮޑުވުންތަކެއް އޮތް މުއާމަލާތެއް ކަމަށެވެ. އެކަމަކު، އެ ކަންބޮޑުވުންތަކާ ގުޅޭ ތަފުސީލަކަށް އޭނާ ވަޑައިގެންފައެއް ނުވެއެވެ.

އޭނާ ވިދާޅުވީ، މަގާމުން އިސްތިއުފާ ދިނީ އެ ނިންމުމާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން ކަމަށެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް