Advertisement
ގުޅީފަޅުން ގޯތި ދޫކުން --ފޮޓޯ : އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާ

ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓްރީ ދޫ ކުރުން މި މަހުގެ 30ގެ ނިޔަލަށް

ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އެ ގޯތިތަކުގެ ބަންޑާރަ ގޯތީގެ އާ ރަޖިސްޓްރީ ދޫކުރުން މި މަހުގެ 30ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އެ ވުޒާރާއިން ވިދާޅުވި ގޮތުގައި، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސް، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީ، މުޅިން އާ ރަޖިސްޓްރީތަކެއް ދޫ ކުރުން ދަނީ ކުރިއަށެވެ.

Advertisement

އެ ވުޒާރާއިން ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބޭ ފަރާތްތަކަށް އައު ބަންޑާރަ ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓަރީ އާ ހަވާލުވުމަށް ހުޅުވާލި ފުރުސަތު އޮކްޓޫބަރު 30ގެ ނިޔަލަށް އިތުރުކުރެވިފައިވާ ކަމަށެވެ.

އާ ރަޖިސްޓްރީގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލުވާން ދިއުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށެވެ. ރަޖިސްޓްރީ ބަލައިގަތުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލް މި ޕޯޓަލްގައި ހިމަނާފައިވާކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރަޖިސްޓްރީއާ ހަވާލުވުމަށް އަންނައިރު، ގޯތި ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންޖެހެއެވެ. މީގެ އިތުރުން، ބަދަލުގައި އެހެން ފަރާތެއް އަންނަނަމަ، ޕަވާ އޮފް އެޓަރނީގެ އަސްލާއި، ޕަވާ އޮފް އެޓާނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންދިއުން ލާޒިމުވެއެވެ.

އެ ވުޒާރާއިން ވިދާޅުވީ، އެޕޮއިންޓްމަންޓްއަށް އެދި ހުށަހަޅާ ފަރާތްތަކަށް “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށް އަދި އެފަރާތްތަކުގެ ފޯނު ނަންބަރަށް އެސްއެމްއެސްގެ ޒަރީއާއިން “ބަންޑާރަ ގޯތީގެ ރަޖިސްޓަރީ” އާއި “ބަންޑާރަ ގޯތީގެ އެއްބަސްވުން” އާއި ހާވާލުވުމަށް ހާޒިރުވާންޖެހޭ ގަޑި އަދި ތަން އަންގާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް