Advertisement
އައްޑޫސިޓީ ހޮޅުދޫ ފިހާރައަށް ވަގަށްވަތް މީހާ ކިރުދަޅު ނަގައިގެންދަނީ... ވީޑިއޯގެ ސްކްރީންޝޮޓެއް

ފިހާރައަކަށް ވައްކަންކުރަން ވަތްމީހާއަށް މުހިންމުވީ ކިރުދަޅު

އައްޑޫސިޓީ ރަށެއްގެ ފިހާރައަކަށް ރޭ ވަގަށް ވަތް މީހަކު އެ ފިހާރައިން ދެ ކިރުދަޅު ހިފައިގެން ފިލައިފިއެވެ.

ސޯޝަލް މީޑިއާގައި ވީޑިއޯ ދައުރުވަމުންދާއިރު، މިކަމެއް ހިނގާފައިވަނީ އައްޑޫސިޓީ ހުޅުދޫ ފިހާރައެއްގައެވެ. ފިހާރައިގެ ސީސީޓީވީ ފޫޓޭޖުން އެނގޭގޮތުގައި އޭނާ ވައްކަންކުރަން ފިހާރަށް ވަދެފައިވަނީ، މެންދަމު 02:56 ހާއިރުއެވެ. ފިހާރައަށް އޭނާ ވަދެވުނީ ކުޑައިރުކޮޅެއްގެ މަސައްކަތަށްފަހު ކަށިގަނޑެއްފަދަ އެއްޗަތުން ތަޅު ހަލާކުކޮށްލައިގެންކަން އެނގެއެވެ.

Advertisement

ފިހާރަށް ވަނުމަށްފަހު އޭނާ ނަގާފައިވަނީ ކޯސްޓް ބްރޭންޑްގެ ދެ ކިރުދަޅުކަން ވީޑިއޯއިން އެނގެއެވެ. ކިރުދަޅު ނެގުމަށްފަހު އެމީހާ ފިހާރައިން ނިކުމެގެން ދިޔައިރު އިތުރު އެއްވެސް އެއްޗެއްގައި އަތްލިކަމެއް ވީޑިއޯއަކުން ފާހަގައެއް ނުކުރެއެވެ. އެންމެކުޑަމިނުން ކައުންޓަރު ވަތްގަނޑު ހުޅުވާތަނެއްވެސް ނުފެނެއެވެ.

ފިހާރަތަކުން ވައްކަންކުރާ މީހުން އާއްމުގޮތެއްގައި އެންމެގިނައިން ނަގާ އެކެއްޗަކީ ކިރުދަޅެވެ. ކިރުދަޅު ވަގަށްނެގުމުގެ މައްސަލަތަކުގައި މީގެ ކުރިން އެތައްފަހަރަކު މީހުންނަށް ބަންދުގެ މުއްދަތު ޖަހައި ކޯޓުން ހުކުމްކޮށްފައިވެއެވެ. އަދި ބައެއް ފަހަރަށް ކިރުދަޅު ވަގަށްނެގުމުގެ މައްސަލަ ޕީޖީ އޮފީހާ ހަމައަށްވެސް ގޮސްފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް