Advertisement

ބަލި މީހުންނަށް މަރުހަބާ ކިޔަން އިތުރު 40 މުވައްޒަފުން ހޯދަނީ

ބަލި މީހުންނަށް މަރުހަބާ ކިޔައި، އެހީވާން މާލެ ސިޓީ ގްރޫޕްގެ ހޮސްޕިޓަލްތަކަށް އިތުރު މުވައްޒަފުންތަކެއް ހޯދަން މިއަދު އިއުލާން ކޮށްފި އެވެ.

އެ ތަނުން ބުނީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލް އަދި ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރާ މީހުންނަށް އެހީވާން ޕޭޝަންޓް ސަޕޯޓު ކޯޑިނޭޓަރުންގެ 40 މުވައްޒަފުން ބޭނުންވާ ކަމަށެވެ. އެ މަގާމަށް އަންނަ އަންގާރަ ދުވަހުގެ 1:00 އާ ހަމައަށް ކުރިމަތިލެވޭނެ ކަމަށް އިއުލާނުގައި ބުންޏެވެ.

Advertisement

މަގާމުގެ ޝަރުތަކީ ގްރޭޑު 10 ނިންމާފައިވުމެވެ. މުސާރައަށް ކަނޑައަޅާފައިވަނީ 12،000ރ. އެވެ.

މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

– ދިމާވާ މައްސަލަތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމާއި އެ މައްސަލަތައް ހައްލުކޮށްދިނުން

– ހިދުމަތް ހޯދަން ދާ މީހުންނަށް ފުރިހަމައަށް މައުލޫމާތު ދިނުން

– އޯގާތެރިކަމާއި ހަމްދަރުދީވުން އަދި ހިނިތުންވުމާ އެކު މުއާމަލާތްކުރުން

އެ މަގާމަށް މިދިޔަ ޖުލައި މަހު ވެސް 55 މީހުން ވަނީ ހޮވައިފަ އެވެ.

އާއްމުންގެ ބޮޑު ޝަކުވާއެއް އޮންނަ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން ދޭ ހިދުމަތް ރަނގަޅުކުރުމަށް ގިނަ އަދަދެއްގެ މުވައްޒަފުން އަންނަނީ ނަގަމުންނެވެ. އަދި އެ ތަނުގެ ހިންގުން ރަނގަޅު ކުރުމަށް ގެނައި ބަދަލުތަކާއެކު، އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ އަދި ތެލެސީމިއާ ސެންޓަރު ހިންގަނީ ވަކި ބޯޑެއްގެ ދަށުންނެވެ. ގްރޫޕުގެ ސީއީއޯއެއް ހަމަޖައްސަވައި، ކޮންމެ ހޮސްޕިޓަލެއް ހިންގަނީ ޑެޕިއުޓީ ސީއީއޯގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި