އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތަކުން 960 ޕާސްޕޯޓް މިދިޔަ މަހު ދޫކުރިކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ސެޕްޓެމްބަރު މަހު 3،884 ޕާސްޕޯޓް ޖުމްލަ ދޫކޮށްފައިވާއިރު 3،897 އެޕްލިކޭޝަން ވަނީ ޕްރޮސެސްކޮށްފައެވެ.
އެގޮތުން ގްރޭޓާ މާލެ ސަރަހައްދުން މާލޭގައި 2،115 ޕާސްޕޯޓް، ހުޅުމާލެ ފޭސް 2 އިން 367 ޕާސްޕޯޓް، ހުޅުމާލެ ފޭސް 1 އިން 386 ޕާސްޕޯޓް އަދި ވިލިމާލެއިން 36 ޕާސްޕޯޓް ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެއިތުރުން އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތަކުން މިދިޔަ މަހު ޖުމްލަ 960 ޕާސްޕޯޓް ވަނީ ދޫކޮށްފައެވެ.
ޕާސްޕޯޓް ދޫކުރި ރަށްތަކާއި އަދަދު:
- ޏ. ފުވައްމުލަކު ސިޓީ 65 ޕާސްޕޯޓް
- ހއ. ދިއްދޫ 70 ޕާސްޕޯޓް
- ހދ. ކުޅުދުއްފުށި ސިޓީ 144 ޕާސްޕޯޓް
- ސ. މަރަދޫ (އައްޑޫސިޓީ) 146 ޕާސްޕޯޓް
- ދ. ކުޑަހުވަދޫ 47 ޕާސްޕޯޓް
- ލ. ފޮނަދޫ 122 ޕާސްޕޯޓް
- ރ. އުނގޫފާރު 100 ޕާސްޕޯޓް
- ވ. ފެލިދޫ 1 ޕާސްޕޯޓް
- ފ. ނިލަންދޫ 1 ޕާސްޕޯޓް
- ހއ. އިހަވަންދޫ 11 ޕާސްޕޯޓް
- ށ. ފުނަދޫ 57 ޕާސްޕޯޓް
- ގދ. ތިނަދޫ ސިޓީ 111 ޕާސްޕޯޓް
- ނ. މަނަދޫ 34 ޕާސްޕޯޓް
- އއ. ރަސްދޫ 9 ޕާސްޕޯޓް
- މ. މުލި 1 ޕާސްޕޯޓް
- ބ. އޭދަފުށި 1 ޕާސްޕޯޓް
- ތ. ވިލުފުށި 1 ޕާސްޕޯޓް
- ތ. ވޭމަންޑޫ 1 ޕާސްޕޯޓް
މެލޭޝިޔާގެ ކުއަލަލަންޕޫރްގެ އިމިގްރޭޝަން އޮފީހުން 20 ޕާސްޕޯޓް ދޫކޮށްފައިވާއިރު 25 ޕާސްޕޯޓެއް ގެއްލިގެން މިދިޔަ މަހު ރިޕޯޓްކުރި ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެންމެހާ އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުއަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެކެވެ. ރަށް ރަށުން ޕާސްޕޯޓް ހައްދާ ދޫކުރުމުން ރައްޔިތުންނަށް ބޮޑު ހަރަދުކޮށްގެން މާލެ ނުގޮސް ފަސޭހަ ނިޒާމެއްގެ ތެރެއިން ޕާސްޕޯޓް ނެގޭނެ އިންތިޒާމް ހަމަޖެހިގެންދިޔަ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު