Advertisement

ކަށީގެ އޮޕަރޭޝަންތަކަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރަން ފަށައިފި

އައިޖީއެމްއެޗްގައި ކަށީގެ އޮޕަރޭޝަންތައް އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރަން ފަށައިފި އެވެ.

މާލެ ސިޓީ ގްރޫޕު އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި މިއަދު ވިދާޅުވީ ކަށި އަދި ޓްރޯމާ ޑިޕާޓްމަންޓުގެ ހިދުމަތްތައް ފުޅާކުރުމާއި އިތުރަށް ފުރިހަމަކުރަން އެންމެ ފަހުގެ އެޑްވާންސް ޓެކްނޮލޮޖީ، އާތުރޮސްކޮޕީ ޓަވަރު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

Advertisement

އޭރުން ހަތަރު ގުނަ ސާފުކޮށް، 4K ރިޒޮލިއުޝަންގައި ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“މި ސިސްޓަމާ އެކު ފަސޭހައިން ބަލި ދެނެގަނެވި، ސްޕޯޓްސް އިންޖަރީއަށް ފަރުވާކުރުމުގައި މޮޑަން މެތަޑްސް ބޭނުންކުރެވޭނެ އެވެ،” ހަލީމް ވިދާޅުވި އެވެ. އައިޖީއެމްއެޗްގެ ކަށީގެ ޑިޕާޓްމަންޓުގެ ހެޑް، ސީނިއާ ކޮންސަލްޓެންޓް އިން އޯތޯޕެޑިކްސް ޑރ. އިސްމާއިލް ޒާހިރު “ހަވާސާ” އަށް ވިދާޅުވީ އެ ހޮސްޕިޓަލުގައި އަލަށް ބޭނުންކުރަން ފެށީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށެވެ. އޭގެ ސަބަބުން، އޮޕަރޭޝަންތައް ކުރުމުގައި ހޭދަވާ ވަގުތާއި ކޮމްޕްލިކޭޝަންތައް ކުޑަކުރެވި، ބަލި މީހާގެ ރިކަވަރީ އަވަސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ސެޓަޕްގައި ލިބޭ އަނެއް ފަސޭހައަކީ، ޑޮކްޓަރު ވިދާޅުވި، އޮޓޮމެޓިކުން ޕްރެޝަރާ އެއްޗެހި ބެލުމެވެ. “ސާޖަންއަށް ވަރަށް ފަސޭހަވެގެންދޭ، އިތުރު ކަންކަމަށް ވޮރީނުކޮށް ސާޖަރީ ފުރިހަމަކުރަން ލިބޭ،” އިސްމާއިލް ޒާހިރު ވިދާޅުވި އެވެ. ކަށީގެ ޑިޕާޓްމަންޓުން އެންމެ ގިނައިން ހަދާފައިވަނީ ކަކުލު ހުޅުގެ އޮޕަރޭޝަންތަކެވެ. ނަމަވެސް، އެ އައި ކުރިއެރުންތަކާއެި ކޮނޑުހުޅުގެ އޮޕަރޭޝަންތައް ގިނަވެ، ކުދިކުދި ޖޮއިންޓުތަކުގެ އޮޕަރޭޝަންތައް ވެސް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް