Advertisement

އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތް އެސްޓީއޯއިން ވިއްކަން ފަށައިފި

އަސާސީ ކަބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތް އެސްޓީއޯއިން ވިއްކަން ފަށައިފިއެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރު ކުރެވިގެން ދިޔަ 23 ބާވަތް، 15 އޮކްޓޯބަރ 2025 އިން ފަށައިގެން ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ. މި ހުރިހާ ބާވަތެއް އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

Advertisement

މިހާރު ބާޒާރަށް ނެރެ ވިއްކަން ފަށާފައިވާ 23 ބާވަތައް:

މޭވާ

ދޮންކެޔޮ
އާފަލު
އޮރެންޖު
ލުނބޯ
ޖުމްހޫރީމޭވާ
އަނބު
ފަޅޯ
ކަރާ
މިރުސް
މޭބިސްކަދުރު

ތަރުކާރީ

ފިޔާ
އިނގުރު
ކެރެޓު
ބަށި
ކައްޓަލަ
އަލުވި
ކެބެޖު
ބަރަބޯ
ބޯވެލި
ލޮނުމެދު

އެހެނިހެން 3 ބާވަތުގެ ކާބޯތަކެތި

ރީނދޫ މުގު
ކުކުޅު ބިސް
ކާށި

މިބާވަތްތައް ވިއްކަން ފެށުމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި ބާވަތްތައް އެސްޓީއޯއިން ވިއްކަން ފެށި ނަމަވެސް ކުދި ވިޔަފާރީތައް ކަމުގައިވާ ރީޓެއިލް ވިޔަފާރީތަކަށް އެކަމުގެ ސަބަބުން އަސަރު ނުކުރާނެ ކަމަށެވެ.

އެސްޓީއޯއިން ހޯލްސޭލްކޮށް ގަންނަ މީހުންނަށް ލުއި ގޮތްތަކެއް ހަދައިދޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކުރިން ތަކެތީގެ އަގު ބޮޑުވިއިރު ޑޮަލަރާ މަތިކޮށްފައި އަގު ބޮޑުވާންޖެހޭ ކަމަށް ބުނި ނަމަވެސް އެއީ ރަނގަޅު ވާހަަކައެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއްކަހަލަ އާފަލު އެއްގައުމަކުން އެކި އަގުތަކުގައި މީހުން އެތެރެކުރާ ކަމަށާއި އެކަން ވާގޮތް މިނިސްޓްރީން ވެސް ބަލާނެ ކަމަށް ވިދާޅުވިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އެސްޓީއޯ އިން ބާޒާރުގައި އެއްޗެއްގެ އަގު ބޮޑުވާނަމަ އެ އެއްޗެއް އެތެރެކޮށް އަގު ކޮންޓްރޯލް ކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކުގައި އުފައްދާ ބާވާތްތައް ގަންނާނެތޯ މީހުން ސުވާލު އުފައްދާ ކަމަށާއި އެތަކެތި ދަނޑުވެރިން އަތުން ގަންނާނެ ކަމަށާއި އޭރުން ފައިދާ ބޮޑުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރީޓެއިލްކޮށް މިއަދުން ފެށިގެން ތަކެތި މާކެޓުން ލިބެން ހުންނާނެ ކަމަށާއި ރައްޔިތުންގެ ތަރުހީބު ލިބޭނެކަން ވެސް ފާހަގަކުރެއްވިއެވެ. ހޯލްސޭލްކޮށް މުދާ ދޫކުރުމަށް ހުޅުމާލޭގައި ފިހާރައެއް ހަދާނެ ކަމަށާއި ރޯދަ މަސް ނިމުމުގެ ކުރިން ފިހާރަ ހުޅުވާނެ ކަމަށް ޝީމާދު ވިދާޅުވިއެވެ.

  • އެސްޓީއޯއިން މި 23 ބާވަތުގެ އަގު މިވަގުތު ކަނޑައަޅާފައިވާނީ ބާޒާރުގެ އަގުތަކަށް ރިއާޔަތް ކުރުމަށްފަހުގައެވެ. އަދި އަންނަ ބަދަލުތަކާއެކު ވިއްކާ އަގުތަކަށް ވެސް ބަދަލު ގެނެވޭނެ ކަމަށާއި ވިއްކާ އެންމެ ފަހުގެ އަގުތައް އިކޮނޮމިކް މިނިސްޓްރީގެ “އަގުމަގު” ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެއެވެ.

 

  • ބާޒާރުގައި މި ކާބޯތަކެއްޗަށް އޮންނަ ޑިމާނަޑަށް ބަލައި އެތަކެތި ފަސޭހައިން ލިބޭނެ މަގުފަހިކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އެސްޓީއޯއަށް އިތުރަށް ކުރެވޭނެ ކަންކަމާއި މެދު ދަނީ މަޝްވަރާ ކުރަމުން ކަމަށާއި އަމާޒަކީ ސިއްހަތަށް ފައިދާހުރި ކާބޯތަކެތި އެކަށޭނަ އަގެއްގައި އަބަދުވެސް ރައްޔިތުންނަށް ލިބެން ހުރުންކަން އެސްޓީއޯއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް