Advertisement

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް އަރައިފި

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް އަރައިފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.7 ފަތުރުވެރިން އައިސްފައި ވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަައިސްފައި ވަނީ 1.5 މިލިއަން ފަތުރުވެރިންނެވެ.

Advertisement

ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 72،052 ފަތުރުވެރިން އައިސްފައި ވެއެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، %19.9 އިތުރުވުމެކެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު 6،004 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 280،416 ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވެއެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި ރަޝިޔާއިން ރާއްޖެއަށް 209،047 ފަތުރުވެރިން އައިސްފައިވާއިރު، ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 150،040 ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވެއެވެ. ހަތަރުވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ޖަރުމަނުން ރާއްޖެއަށް 122،091 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި ފަސް ވަނައިގައި އޮތް އިޓަލީން ރާއްޖެއށް 115،383 ފަތުރުވެރިން އައިސްފައި ވެއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ ރާއްޖެ އައި ފަތުރުވެރިންގެ %73.6 އެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އެއީ %21.6 ފަތުރުވެރިންނެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ހޮޓެލްތަކުގައެވެ. އެއީ %2.6 ފަތުރުވެރިންނެވެ.

މިސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް