Advertisement

މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސްގައި 10 އެވޯޑެއް ދީފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރާ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރުމަށް ބާއްވާ މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސްގައި ފަތުރުވެރިކަމުގެ ހިދުމަތް ދޭ އަށް ފެސިލިޓީއަކަށް 10 އެވޯޑު ދީފި އެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި އެ ރަސްމިއްޔާތުގައި ބޭއްވި ތިންވަނަ މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސްގައި ޓޫރިޒަމް މިނިސްޓަރުކަން ކުރިން ކުރެއްވި އަލްމަރުހޫމް ހަސަން ސާބިރާއި ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަލްމަރުހޫމް މުހައްމަދު އުމަރު މަނިކުގެ ހަނދާނުގައި ސުކޫތެއް ގެނެސްފައިވެ އެވެ.

Advertisement

އެވޯޑު ލިބުނު ފެސިލިޓީތަކުގެ ތަފްސީލް:

  1. ޖޯލި މުރަވަންދޫ މޯލްޑިވްސް – އައުޓްސްޓޭޑިން ކޮންޓްރިބިއުޝަން ޓު ސްޓާފް ވެލްބީންގް އެވޯޑް.
  2. ކޮންރެންޑް މޯލްޑީވްސް – އައުޓްސްޓޭޑިން ކޮންޓްރިބިއުޝަން ޓު އެޗްއާރް ޑިވެލޮޕްމަންޓް އެވޯޑް.
  3. ޖޯލި މުރަވަންދޫ – އައުޓްސްޓޭޑިން ކޮންޓްރިބިއުޝަން ޓު ކޮމިއުނިޓީ އެންގޭޖްމަންޓް އެވޯޑް.
  4. ޖޯލި ބީން – އައުޓްސްޓޭޑިން ކޮންޓްރިބިއުޝަން ޓު އެންވަޔަރަމަންޓް ސަސްޓެއިނަބިލިޓީ އެވޯޑް.
  5. ހޮޓެލް ޖެން – އައުޓްސްޓޭޑިން ކޮންޓްރިބިއުޝަން ޓު ކޮމިއުނިޓީ އެންގޭޖްމަންޓް އެވޯޑް.
  6. ހޮޓެލް ޖެން – އައުޓްސްޓޭޑިން ކޮންޓްރިބިއުޝަން ޓު އެންވަޔަރަމަންޓް ސަސްޓެއިނަބިލިޓީ އެވޯޑް.
  7. ކާނި ހޮޓެލްސް – އައުޓްސްޓޭޑިން ކޮންޓްރިބިއުޝަން ޓު ކޮމިއުނިޓީ އެންގޭޖްމަންޓް އެވޯޑް.
  8. ޓްރައިޓޮން ޕްރެސްޓިޖް – ކޮންޓްރިބިއުޝަން ޓު އެންވަޔަރަމަންޓް ސަސްޓެއިނަބިލިޓީ އެވޯޑް.
  9. ވޮޔޭޖަސް މޯލްޑިވްސް – މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އެކްސެލެންސް އެވޯޑް.
  10. ބެސްޓް ޑައިވްސް – މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އެކްސެލެންސް އެވޯޑް.

މި އަހަރު ބޭއްވި އެވޯޑަށް 43 ފެސިލިޓީއަކުން 84 އެޕްލިކޭޝަން ލިބުނެވެ. އޭގެ ތެރޭގައި ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކާއި ޓޫރިސްޓް އުޅަނދުތައް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރުވައި ތަރައްގީ ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާފަ އެވެ.

އަންނަ އަހަރު ބާއްވާ މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސްގައި އަންހެނުން ބާރުވެރިކުރުވުމާއި، ރާއްޖޭގެ ސަގާފީ އަދި އަތްތެރި މަސައްކަތްތައް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް، އެވޯޑެއް ދޭނެކަން ތޯރިގު އިއުލާންކުރެއްވި އެވެ.

މީގެއިތުރުން ތޯރިގު ވިދާޅުވީ ޕްރޮފެޝަނަލް ދާއިރާއިން ވަކިވަކި ފަރުދުން ހޯދާ ކާމިޔާބާއި ކުރައްވާ މަސައްކަތްތައް ފާހަގަކޮށް ވެސް އެވޯޑެއް ދޭނެ ކަމަށެވެ.

މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސް ތައާރަފްކުރީ 2022 ވަނަ އަހަރެވެ. އެގޮތުން މި އަހަރު އެވޯޑުތައް ދީފައިވަނީ މިދިޔަ އަހަރު ކުރި މަސައްކަތްތައް ވަޒަން ކުރުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް