Advertisement

މެމްބަރު އައްބާސްގެ ސުވާލެއް ރައީސަށް!

މި ވެރިކަމުގައި މިލިއަނުން ވައްކަން ކުރާ އިރު ކުޅިބަލަން ހުންނަވަނީ ކީއްވެތޯ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ސުވާލު އުފައްދަވައިފިއެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ހޮނިހިރު ދުވަހު އައްބާސް ވިދާޅުވީ މި ވެރިކަމުގައި އިންތިހާ އަށް ގިނައިން ކޮރަޕްޝަންގެ އަމަލުތައް ފެންނަ ކަމަށެވެ.

Advertisement

ކުރީ ސަރުކާރު ތަކުން ރައްޔިތުންގެ ފައިސާއިން ވައްކަން ކުރަމުންދާ ވާހަކަ ހުއްޓާ ނުލާ މިސަރުކާރުގެ ވެރިން ގޮވަމުންދާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މިސަރުކާރުގެ ތެރެއިން ރައްޔިތުންގެ ފައިސާއިން އެތަކެއް މިލިއަން ރުފިޔާއިން ބޮޑެތި ވައްކަންތައް ކުރަމުން ދާކަން ރައީސް އަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި ރައީސް އެކަންކަމާއި އަޅާ ނުލައްވާ ކަމަށް އައްބާސް ވަނީ ސިފަކުރައްވާފައެވެ.

“ރައީސް ޑރ.މުއިއްޒު އަށް ނުފެންނަކަމަށް ހެދިގެން ކުޅިބައްލަވަން ހުންނެވީ ކީއްވެތޯ؟ މިސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބަވައިގެން ވައްކަމުގެ ތުހުމަތު ކުރެވުނު ފަރާތްތަކުގެ މައްސަލަތަށް ނުބައްލަވާ ހިންދާލައިގެން ތިހުންނަވަނީ ވެރިމީހާގެ އަރިހުގައި ތިއްބެވި ޕާޓީގެ ކުދިންކޮޅުވީމަތޯ؟” އައްބާސް ވިދާޅުވިއެވެ.

އައްބާސް އިތުރަށް ވިދާޅުވީ ކަސްޓަމްސް އާއި އެމްޕީއެލް ތެރެއިން ބޮޑެތި ބޮޑެތި ވައްކަން ކުރައްވާ ކަމާއި އެތަނުގެ ބެލުމުގެ ދަށުގައިވާ އެތައް މިލިއަން ރުފިޔާގެ މުދާ ވީނުވީ އެއް ނޭނގި ގެއްލިގެންދާ ގޮތް ވެރިމީހާއަށް ހަމަ އެގިނުލައްވަނީތޯ ވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. ވަކި ސަރުކާރެއް، ވަކި ޕާޓީ އެއް ބެލުމެއް ނެތި. ރައްޔިތުންގެ ފައިސާއިން ވައްކަން ކުރާ އެންމެންގެ މައްސަލަ ހަމަ ހަމަ ކަމާއެކު ބެލެންވާނެ ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.

އައްބާސް މިފަދައިން ވިދާޅުވެފައި މި ވަނީ ޤާނޫނާއި ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސް އިން ހިފަހައްޓާފައިވާ ދެ ސިނގެރެޓް ކޮންޓެއިނަރ ގެއްލިފައިވާ މައްސަަލަ އާއި ގުޅިގެންނެވެ. މި މައްސަލަ ފެންމަތިވެފައި ވަނީ ބުރާސްފަތި ދުވަހުއެވެ. މި މައްސަލަ އަކީ ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރގައި ހުރި 1،360 ކޭސް ސިނގިރޭޓް ގެއްލިފައިވާ މައްސަލައެކެވެ.

ޤާނޫނާއި ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސް އިން ހިފަހައްޓާފައިވާ ދެ ސިނގެރެޓް ކޮންޓެއިނަރ ގެއްލިފައިވާ މައްސަަލަ ފެންމަތިވެފައި ވަނީ ބުރާސްފަތި ދުވަހުއެވެ. މި މައްސަލަ އަކީ ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރގައި ހުރި 1،360 ކޭސް ސިނގިރޭޓް ގެއްލިފައިވާ މައްސަލައެކެވެ.

ގެއްލިފައިވާ ދެ ކޮންޓެއިނަރގައި ހިމެނެނީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. މި ތަކެތީގެ އަގަށް ބަަލާ ނަމަ ގެއްލުނު ސިނގިރެޓްގެ ޑިއުޓީގެ ގޮތުގައި 100 މިލިއަނަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ ކަން ފާހަގަކޮށްލެވެއެވެ.

މި ކޮންޓެއިނަރތަކަކީ “ބިންލާދިން ގްރޫޕް”ގެ ނަމުގައި އެތެރެކޮށްފައިވާ އެއްޗެހިތަކެއް ކަމަށް ރާއްޖޭގެ އެހެން ބައެއް މީޑީއާ ތަކުގައި ވެސް ރިޕޯޓު ކޮށްފައި ވެއެވެ. މިކަމާއި މެދު ބަހެއް ހޯދުމަށް ކަސްޓަމްސްގެ މީޑިއާ އާއި ގުޅުމަށް ރާއްޖެއެމްވީ އިން ކުރި މަަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. އަދި މިކަމާއި މެދު ފުލުހުންގެ ކޮމެންޓެއް ހޯދުމަށް އެދުމުން ކޮމެންޓެއް ދޭނެ ކަމަށް ބުނި ނަމަވެސް އަދި ކޮމެންޓެއް ލިބިފަ އެއް ނުވެއެވެ.

ގެއްލިފައިވާ ސިނގިރެޓް ކޮންޓެއިނަރތައް ގެއްލިފައި ވަނީ އެމްޕީއެލް ހުޅުމާލޭ ބަނދަރުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ސިނގިރެޓްތައް އަޅާފައިވާ ދެ ކޮންޓެއިނަރު އެތެރެކޮށްފައި ވަނީ ބިންލާދިން ގްރޫޕުގެ ޕްލައިވުޑް ކޮންޓެއިނަރު ތަކެއް ކަމަށް ބުނެ އޮޅުވާލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް