Advertisement

އެކްސިޑެންޓުވުމުން ރިޕޯޓުނުކުރި އޮފިސަރު ވަނީ ސަސްޕެންޑުކޮށްފައި: ފުލުހުން

އެކްސިޑެންޓުވުމުން އެކަން ފުލުހުންނަށް ރިޕޯޓުނުކޮށް ‘ފިލި’ކަމުގެ ތުހުމަތުވާ އޮފިސަރު ސަސްޕެންޑުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި ހާދިސާ ހިނގީ މިދިޔަ މަހު 12 ވަނަ ދުވަހުގެ ރޭ 1:00 އެހާކަންހާއިރު ކަމަށެވެ.

Advertisement

އެ ގޮތުން، މި މައްސަލައިގައި ހައްޔަރުކުރި 33 އަހަރުގެ ދިވެހި ފިރިހެން މީހާ ދުއްވި ކާރުން އެރޭ ހުޅުމާލޭ ފިތުރޯނު މަހު ވެމްކޯ ކައިރިން އައި ސައިކަލެއްގައި ޖެހި އެކްސިޑެންޓުުވީ ކަމަށް ފުލުހުން ބުންޏެވެ. އެކްސިޑެންޓު ހިނގުމުން އަނިޔާވި މީހާ ކާރުގައި ހޮސްޕިޓަލަށް ގެންގޮސްދިން ކަމަށް ފުލުހުން ބުންޏެވެ.

އެކަމަކު، އެ މީހާ އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުނުކުރުމުން މަޑުނުކޮށްދިޔަކަމުގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފައެވެ. ކޯޓުގައި އިންވެސްޓިގޭޝަން އޮފިސަރު ވަނީ ފުލުހުންނަށް ރިޕޯޓުނުކޮށް، ފިލީ ކަމަށް ބުނެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ‘ސަން’އަށް ބުނީ، ހާދިސާ އެ މައްސަލައިގައި ތުހުމަތުވާ އޮފިސަރު މިދިޔަ އަންގާރަ ދުވަހު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތުތަކެއް ކުރުމަށް ފަހު ދޫކޮށްލާފައެވެ.

ކޯޓުން އޭނާ ދޫކޮށްލީ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް