Advertisement

މީހަކު ރަހީނުކޮއް ފޭރުނު މައްސަލައެއްގައި 2 މީހުން ހައްޔަރަށް

މީހަކު ރަހީނުކުރުމަށްފަހު ތޫނު ހަތިޔާރު ބޭނުން ކޮށްގެން އެ މީހާއަށް ބިރުދައްކައި ފައިސާ ފޭރުނު މައްސަލައަކާ ގުޅިގެން ދެ މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ މުހައްމަދު ޒަމީރު، 29، ސީރީންމަންޒިލް، ހއ. ފިއްލަދޫ އާއި ޝަހުމީން ރަޝީދު، 27، ހިތަށްފިނިވާގެ، ގދ. ނަޑެއްލާ ކަމަށެވެ. އެ ދެމީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތުން ގޮތެއް ނިންމަންދެން ޝަހުމީން ރަޝީދު ބަންދުގައި ބެހެއްޓުމަށް އަދި މުހައްމަދު ޒަމީރު 10 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

އެ ދެ މީހުން ހައްޔަރު ކުރީ މިދިޔަ ސެޕްޓެމްބަރު 1، ގެ ރޭ ހުޅުމާލޭގައި ހުންނަ ގެއެއްގެ ތެރޭގައި މީހަކު ރަހީނު ކުރުމަށްފަހު ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި މާރާމާރީ ހިންގައި އެ މީހާ ބަރަހަނާކޮށް ފޮޓޯއާއި ވީޑިއޯ ނަގައި ފޯނާއި ފައިސާ ހޯދުމަށްފަހު އިތުރު ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް