Advertisement

ޑްރަގާއެކު ހައްޔަރު ކުރި ދައުލަތުގެ އިސް ވަކީލު ފައިނާ ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ރޭ ހައްޔަރު ކުރި ބަންޑާރަ ނާއިބު އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒް ދޫކޮށްލައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ފައިނާއާއެކު އޭނާގެ ފިރިމީހާވެސް ރޭ ހައްޔަރު ކުރިއެވެ. އެކަމަކު ފައިނާ ދޫކޮށްލުމަށް ފަހު އޭނާގެ ފިރިމީހާގެ ބަންދަށްވަނީ 15 ދުވަސް ކޯޓުން ޖަހާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން، އެ ދެމަފިރިން ހައްޔަރުކުރީ ފުލުހުންގެ އޮޕަރޭޝަނެއްގައި، ހުޅުމާލޭގައި ހުންނަ “ރެއިންކްރެސްޓް” ގެ އެޕާޓްމަންޓަކުންނެވެ. އެއީ އެ ދެމަފިރިން އުޅޭ އެޕާޓްމެންޓް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެ އެޕާޓްމަންޓުން ގިނަ އަދަދެއްގެ ޑްރަގް ފެނުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.

Advertisement

އުމުރުން 33 އަހަރުގެ ފައެނާ އަކީ އޭޖީ އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަންގެ ވެރިޔާ އެވެ. އޭޖީ އޮފީހުން މި ވެރިކަމުގައި އުފެއްދި ސިވިލް ރައިޓްސް އޮފީހުގެ ވެރިޔަކަށް ވެސް ނޮވެމްބަރު 2023 ގައި ވަގުތީ ގޮތުން ފައެނާ ހަމަޖެއްސި އެވެ. ފައެނާ އެޓާނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތްކުރަން ފެށީ ސެޕްޓެންބަރު 12، 2013 ގައި ޑެޕިއުޓީ ސްޓޭޓް އެޓާނީއެއްގެ ގޮތުގަ އެވެ.

އޭގެ އަހަރެއް ފަހުން 2014 ގައި އޭނާ ވަނީ ސްޓޭޓް އެޓަނީ ގެ މަގާމަށް ބަދަލުކޮށްފަ އެވެ. އަދި 2019 ވަނަ އަހަރު ސީނިއަ ސްޓޭޓް ކައުންސެލްގެ މަގާމަށް ޕްރޮމޯޓް ކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް