ބާރަ ރަށެއްގެ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
12 ރަށެއްގެ ފުޓްބޯޅަދަނޑު ތަރައްގީކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކުރީ ގއ. މާމެންދޫ، އެ އަތޮޅު ނިލަންދޫ، ގދ. މަޑަވެލި، ލ. މާބައިދޫ، އެ އަތޮޅު ހިތަދޫ، ރ. ފައިނު، އެ އަތޮޅު ރަސްމާދު އާއި އުނގޫފާރު، ހއ. ކެލާ، ށ.ބިލެތްފެއްސާއި އެ އަތޮޅު ނަރުދޫ އަދި ތިނަދޫ ސިޓީގައެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ އެ ރަށްތަކުގެ ދަނޑުތައް ހަދަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 14 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ރަޖިސްޓްރޭޝަނަށް 500ރ. ދައްކަން ޖެހެއެވެ.
މި ޕްރޮޖެކްޓުތަކުގެ ޕްރީބިޑް ބައްދަލުވުން މި މަހުގެ 9 ހެނދުނު 10:00:00 ގައި އޮންލައިންކޮށް އޮންނާނެއެވެ.
ބީލަންތައް ހުށަހަޅަން ޖެހެނީ ބީލަން ޕޯޓަލް beelan.finance.gov.mv މެދިވެރިކޮށް މި މަހުގެ 19 ގެ ހެނދުނު 10:00 ގެ ކުރިންނެވެ. އަދި ބިޑު ހުޅުވުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ.


ކިޔުންތެރިންގެ ހިޔާލު