މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ޕްރިޒަން އޮފިސަރުން ހޯދަން އިއުލާންކޮށްފިއެވެ.
އެ މަގާމަށް ހޯދަނީ އުމުރުން 18-35 އަހަރާ ދެމެދުގެ ޒުވާނުންނެވެ.
މަގާމުގެ ޝަރުތުތަކުގެ ތެރޭގައި، ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން ނުވަތަ ގްރޭޑް 10 ނިންމާފައިވުން އަދި ޕްރިޒަން އޮފިސަރެއްގެ ވަޒީފާ އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައި ވުމާއެކު ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން ހިމެނެއެވެ.
އެ މަގާމަށް އަކީ ޓްރެއިނިންގެ މުއްދަތުގެ ތެރޭގައި ކަނޑައެޅިފައިވާ މުސާރަ އަކީ މަހަކު 6،050ރ. އެވެ. އަދި ޓްރެއިނިންއަށް ފަހު އަސާސީ މުސާރަ އަކީ 15،072 ރުފިޔާ ކަމަށް އިއުލާންގައި ވަނީ ބުނެފައެވެ.
ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ސުންގަޑިއަކީ 2025 އޮކްޓޫބަރު 20 ވަނަ ދުވަހުގެ 18:00 ގެ ނިޔަލަށެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު 3026114 އަށް ގުޅައިގެން އަދި 9112451 އަށް ވައިބާކޮށްގެން ހޯދޭނެއެވެ.
ކަރެކްޝަންސްއިން ބުނީ މަގާމުތަކަށް މީހުން ހޮވުމުގައި ހަށިހެޔޮކަން ދެނެގަތުމަށް ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވާ ފަރާތަކާއި މެޑިކަލް އެގްޒަމިނޭޝަން، އިންޓަވިއުގެ އިތުރުން ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު