Advertisement
އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން: މުޒާހަރާ ރޫޅާލުމަށް ފުލުހުން 'ސޮނިކް ވެޕަން' ބޭނުންކުރުން އެ ޕާޓީން ވަނީ ކުށްވެރިކޮށްފަ

މުޒާހަރާ ރޫޅާލުމަށް ފުލުހުން ‘ސޮނިކް ވެޕަން’ ބޭނުންކުރުން އެމްޑީޕީން ކުށްވެރިކޮށްފި

އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ގާނޫނާއި ހިލާފަށް ބާރުގަދަ އަޑު އިއްވާ “ސޮނިކް ވެޕަން” ބޭނުންކުރުން އެމްޑީޕީން ކުއްވެރިކޮށްފިއެވެ.

އެމްޑީޕީ އިން، މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސޮނިކް ވެޕަން އެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކުރުމަކީ މީގެ ކުރިން ރާއްޖޭގެ އެއްވުންތައް ރޫޅާލަން ބޭނުންކުރި ހަތިޔާރެއް ނޫން ކަމަށެވެ.

Advertisement

“މި ހަތިޔާރުގެ ސަބަބުން ދާއިމަށް އަޑު ނީވުން، ބޯ އެނބުރުން، ފަދަ ނުރައްކާތެރި ސިއްހީ ހާލަތްތައް ކުރިމަތިވުމުގެ ފުރުސަތޮ އެބައޮތް،” ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި އެމްޑީޕީން ބުނެފައިވެ އެވެ.

ފުލުހުން ރޭ ސޮނިކް ވެޕަން ބޭނުންކުރީ ގާނޫނާއި ހިލާފަށް ކަން މި ނޫހަށް ވަނީ އެނގިފަ އެވެ. އެ ގޮތުން، މި ނޫހަށް އެނގިފައިވާ ގޮތުގައި ސޮނިކް ވެޕަންގެ ގޮތުގައި ބޭނުންކުރި އާލާތް ފުރަތަމަ ގެނައީ 2013 ގަ އެވެ. ނަމަވެސް، މިހާތަނަށް މުޒާހަރާއެއް ރޫޅާލުމަށް ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައެއް ނުވެއެވެ. ކުރިން އެ ބޭނުންކުރީ އެނައުންސްމެންޓު ދިނުމަށް އެލާޓެއްގެއެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނީ، ރޭ ފުލުހުން އަމަލުކުރި ގޮތުން ފެނިގެންދަނީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގެ ޑިމޮކްރަސީ ނެތިދަމުންދާ މިންވަރު ކަމަށެވެ. އަދި، އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސްއަޅައި، ސަރުކާރުން މި އަމަލުތައް ހިންގާފައި މި ވަނީ ރާއްޖޭގެ އިގުތިސޯދު ނާޒުކު ހާލަތެއްގައި އޮވެ، ދައުލަތުގެ ދަރަނި އިންތިހާއަށް ގޮސްފައި އޮތް ހާލަތެއްގައި ކަން ވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ އަލިއަޅުވާލައިފައެވެ.

ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެ ޕާޓީއަށް ނިސްބަތްވާ ކުރީގެ ދެ މަޖިލިސް މެންބަރަކާއި މާފުށި ކައުންސިލްގެ ރައީސް ދޫކޮށްލުމަށް ގޮވާލައި، ހައްޔަރުކުރި މީހުންނާއި ގާނޫނީ ވަކީލުންނަށް ބައްދަލުކުރަން ފުރުސަތު ނުދޭކަން ވެސް އެމްޑީޕީން ފާހަގަކުރިއެވެ.

ރޭގެ މުޒާހަރާގައި ހައްޔަރުކުރި އެންމެން އަދިވެސް ތިބީ ބަންދުގަ އެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ގެންދާނެއެވެ.

މުޒާހަރާ ކުރަން ފުރުސަތު ނުދިނުން ދިފާއުކޮށް، ހާރިޖީ ވުޒާރާއިން މިހާރު ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ރޭ މުޒާހަރާ ކުރަން ފުރުސަތު ނުދިނީ ފުލުހުން ހުއްދަ ދީފައިނުވާ މަގަކުން އެމްޑީޕީ އިން މުޒާހަރާ ކުރަން އުޅުމުން ކަމަށެވެ.

“ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގު ހިމެނޭ ގޮތަށް ޑިމޮކްރެޓިކް ހައްގުތައް ނެގެހެއްޓުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރާނެ،” އެ ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް