Advertisement

މުސްލިމުން ވާން ޖެހޭނީ ބުނާ ބަހުންނާއި ކުރާ އަމަލުން ސަވާބު ހޯދާ ބަޔަކަށް: ޚުތުބާ

މުސްލިމުން ވާން ޖެހޭނީ ބުނާ ބަހުންނާއި ކުރާ އަމަލުން ސަވާބު ހޯދާ ބަޔަކަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ދީފައި ވަނީ، މުއުމިނުންގެ ބަސް މަގުގެ މައްޗަށެވެ.

Advertisement

ޚުތުބުގައި ބުނީ، އާޚިރަތް ދުވަހަށް އީމާންވާ މީހާ ބުނާނީ ހެޔޮ ބަސް ކަމަށެވެ. އެގޮތުން، އަހަރެމެން ބުނާ ބަސްތަކާއި ކުރާ އަމަލުތައް އަބަދުވެސް ލިޔެވޭނެ ކަމަށާއި އެ ތަކެތި އޭގެ އަހުލުވެރިންނަށް ދެއްކޭނެކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

ސާބިނުވާ ދޮގު ވާހަކަ ދެއްކުމަކީ އިސްލާމް ދީން ވަރަށް ބޮޑަށް މަނާކުރާ ކަމެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އެގޮތުން، މީހުން ދައްކާ ވާހަކައިގެ ތެދުދޮގު ބެލުމެއްނެތި، އެ ވާހަކަ ފެތުރުމަކީ އޭގެ ނަތީޖާ ނުހަނު ހިތިވެދާނޭ ކަމެއް ކަމަށް ޚުތުބާ ބުންޏެވެ.

“އޭގެ ކުރީން އެ ވާހަކައެއްގެ ޙަޤީޤަތަކީ ކޮބައިތޯ ބަލާން ޖެހޭނެ. އެއީ ހަމަ ހިނގި ކަމެއްތޯއާއި ކިހިނެއް ހިނގިކަމެއްތޯ ބަލަން ޖެހޭ. އިސްލާމް ދީނުގައި ޚިޔާލުތަކާއި ޝުޢޫރުތައް ފާޅުކުރުމުގެ މިނިވަންކަން ދެއްވައިފައިވަނީ މި ކަންކަމަށް ރިޢާޔަތްކޮށްގެން” ޚުތުބާގައި ބުންޏެވެ.

އެއާއެކު، މިހާރުގެ ހާލަތުގެ މައްޗަށް ވެސް ޚުތުބާގައި އަލިއަޅުވާލިއެވެ. މި ޒަމާނަކީ ވާހަކަތައް ފަތުރާލަން ވަރަށް ފަސޭހަ ޒަމާނެއް ކަމަށްވާއިރު، ވާހަކައެއް ފަތުރާލަން ބޭނުންވަނީ މަދު ހިނދުކޮޅެއް ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.

އެވާހަކައެއް ލިޔެ ފަތުރައިލުމަށް ފިތަކަށް އޮބާލުމުން މުޅި ދުނިޔެއަށް އެކަމެއް އާންމުވާ ކަމަށް ޚުތުބާގައި ބުންޏެވެ. އެހެންވެ، ހީއެއްގެ މައްޗަށް ބަހެއް ބުނެ، އޭގެ މައްޗަށް ޢަމަލުކުރުމަކީ، ފާފަވެރިވެދާނޭ ކަމެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

ޚުތުބާގައި ބުނީ، މުސްލިމުން ވާންޖެހޭނީ، ބުނާ ބަހަކުން ނުވަތަ ކުރާ ޢަމަލަކުން ވިޔަސް ސަވާބާއި ދަރުމަ ހޯދާ ބަޔަކަށް ކަމަށާއި އެކަމެއްގެ ސަބަބުން އަމިއްލަ ނަފުސާއި އެހެންމީހުން ހަލާކުގެތެރެއަށް ވައްޓައިލާ ބަޔަކަށް ނޫން ކަމަށެވެ.

އެހެންވެ، ސާބިތުނުވާ ވާހަކަތައް ފަތުރައިނޫޅުމަށް ޚުތުބާގައި ވަނީ ވަޞިއްޔަތްކޮށްފައެވެ.

ކަންކަން އޮޅުންނުފިލުވައި ވާހަކަދެއްކުމަކީ އިސްލާމް ދީނުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނޫންކަން ޚުތުބާގައި ފާހަގަކުރިއެވެ.

އޭގެއިތުރަށް، މުސްލިމުންނަކީ ޚިޔާލު ފާޅުކުރުމުގެމިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބައެއް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ. އަދި، މުސްލިމުންނަކީ، ސީދާވެގެންވާ ގޮތަށް ބަސް ބުނަން ޖެހޭ ބައެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް