Advertisement

45 ދުވަހުގެ މެއިންޓެނެންސަށްފަހު ވޭލް ސަބްމެރިން އަލުން އޮޕަރޭޝަނަށް

ރާއްޖޭގައި އޮތް ހަމައެކަނި ޕެސެންޖަރުން އުފުލާ ސަބްމެރިން ކަމަށްވާ ވޭލް ސަބްމެރިން، މެއިންޓެނެންސަށްފަހު އަލުން އޮޕަރޭޝަނަށް މިއަދު ނެރެފިއެވެ.

ވޭލް ސަބްމެރިން އަކީ މުޅި ދުނިޔޭގައި ވެސް މިފަދަ އެންމެ ބޮޑު އަދި އެންމެ އަޑިއަށް ފީނާ ސަބްމެރިންއެވެ.

Advertisement

މިއީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ވޭލް ސަބްމެރިންގެ ދަށުން އޮޕަރޭޓުކުރާ ސަބްމެރިންއެކެވެ.

ފޭސްބުކުގައި އުމަރު ހިއްސާކުރެއްވި ގޮތުގައި 45 ދުވަހުގެ މެއިންޓެނެންސް މަސައްކަތަށްފަހު މިހާރު އަލުން އުޅަނދުވަނީ އޮޕަރޭޝަނަށް ނެރެފައެެވެ.

މީގެ ހަ އަހަރުކުރިން މި އުޅަނދު ވަނީ 10،000 އަށްވުރެ ގިނަ ޑައިވް ފުރިހަމަކޮށްފައެވެ. އަދި 350،000 އަށްވުރެ ގިނަ މީހުން މިހާތަނަށް އޭގައި ޑައިވް ކޮށްފައިވާނެ ކަމަށް ބެލެވެއެވެ.

ވޭލް ސަބްމެރިން އަކީ 1998 ވަނަ އަހަރު ޖަރުމަނުގެ ކާރްލްސްރުހާގެ، ބުރުކާ މީރެސްޓެޗްނިކް ކޮމްޕެނީއިން އުފެއްދި ސަބްމެރިން އެކެވެ. އެ ސަބްމެރިން ރާއްޖެ ގެނެސް ޕެސެންޖަރު ސަބްމެރިން ކްރުއިސާއެއްގެ ގޮތުގައި ބޭނުން ކުރަން ފެށީ 2000 ވަނަ އަހަރު އެވެ. މިހާރު އޭގެ ފަހުން 25 އަހަރު ވެފައިވާ އިރު އެ ސަބްމެރިންގައި ރާއްޖޭގެ އެހެން އެއްވެސް ޑައިވް ކުންފުންޏަކުން ޑައިވް ނުކުރާހާ ގިނައިން މީހުން ވަނީ ޑައިވް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މިއީ އެމްޑީޕީގެ ސަފުތައް ރުކުރުވާލައި، މިސަރުކާރު ބަލިކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު: ޝާހިދު

ވޯޓުލުން ކުރިއަށްދާ ގޮތާމެދު މީކާއިލްގެ ޝަކުވާތަކެއް، ގޮވާލެއްވީ އިންތިހާބުގެ މިނިވަންކަން ކަށަވަރުކުރަން!

ފީއަލީގައި ވޯޓުލަނީ ރަސްމީ ލިސްޓަށް ނޫން ކަމުގެ ޝަކުވާ ލިބުމުން ވޯޓުލުން މެދުކަނޑާލައިފި

އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: ފިޔޯރީގައި ބެހެއްޓި ވޯޓްފޮށި ފަޅާލައި، ބޮޑު ހަމަނުޖެހުމެއް ހިނގައިފި