Advertisement

ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ކުލަގަދަ ހަރަކާތްތަކެއް ބާއްވައިފި!

ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތްތައް ކުރިއަށް ގެންދިޔައީ މި މަހުގެ 1 ވީ ބުދަ ދުވަހު ސޯޝަލް މިނިސްޓްރީއާއި އެޗްޑީސީ، ދިވެހި ފުލުހުންގެ ހިދުމަތް އަދި އުރީދޫ ގުޅިގެންނެވެ.

Advertisement

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ‘އިސްރަށްވެހިންގެ ހަވީރު’ ގައި ތަފާތު ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ބޯވަޅު ހެދުމާއި ރާޒުވާއާއި އޮށްވަޅުގޮނޑިއާއި ކެރަމް އަދި ފަސްއޮށް ކުޅުމާއި، ފަން ވިޔުންފަދަ ދިވެހިންގެ ތަފާތު ސަގާފީ ހުނަރުވެރި މަސައްކަތްތަކާއި ކުޅިވަރުތައް ކުރިއަށްގެންދިޔައެވެ.

މި ހަވީރުގައި ބައިވެރިވި ހުރިހާ އިސްރަށްވެހިން ވެސް ވަނީ ވަރަށް މަޖާ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައެވެ.

މީގެއިތުރުން އިސްރަށްވެހިންގެ ހުނަރުތައް ދައްކާލުމުގެ ގޮތުން ތަފާތު ސްޓޭޖް ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައިވާއިރު، އޭގެތެރޭގައި މަދަހައާއި ބަންޖާއި، ދުވަހާ ގުޅޭ ވަރަށް ހާއްސަ ލަވައަކާއި ފަރިއްސާއި ރައިވަރު ކިޔުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި މި ހާއްސަ ހަވީރުގައި ސޯޝަލް މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވެސް ވަނީ ބައިވެރިވެވަޑައިގެން، މި ހަވީރުގައި އިސްރަށްވެހިން ކުރިއަށް ގެންދިޔަ ތަފާތު ހަރަކާތްތަކާއި އައިޓަމްތައް ބައްލަވާލައްވާ، އެފަރާތްތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދިޔަ މި ހަވީރަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. ‘އިސްރަށްވެހިންގެ ހަވީރު’ ގައި ގިނަ އަދަދެއްގެ އިސްރަށްވެހިންނާއި އެފަރާތްތަކުގެ އާއިލާތައް ބައިވެރިވެފައިވާއިރު، މި ހަރަކާތް ވެގެންގޮސްފައިވަނީ އެންމެންގެ މޫނު މައްޗަށް ހިނިތުންވުން ގެނުވި އަދި ހިތްތަކަށް އުފާވެރިކަން ގެނުވި ހަވީރަކަށެވެ.

ހަމައެހެންމެ މިދުވަސް ފާހަގަކުރުމަށް މިނިސްޓްރީން ވަނީ 7 އަތޮޅެއްގައި ‘އުފާވެރި ރާސްތާ’ ޕްރޮގްރާމު ވެސް ހިންގާފައެވެ. އެގޮތުން ލ. މާމެންދޫ، ގއ. ދާންދޫ، ހދ. ކުރިނބީ، ށ. މިލަންދޫ، ރ. އިނގުރައިދޫ، ކ. ތުލުސްދޫ އަދި ހއ. ކެލާގައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔައެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ އިޖުތިމާއީ އަދި ސިއްހީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް އިސްރަށްވެހިން ސަމާލުކަންދޭންވީ މުހިންމުކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމެވެ. އަދި އުފާވެރި މާހައުލަކުން އިސްރަށްވެހިން އެކަކު އަނެކަކާއި ބައްދަލުވެ ޚހިޔާލު ބަދަލް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް