މަގުމަތިން ދިޔަ މީހެއްގެ ފޯނު ފޭރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.
ކުރިމިނަލް ކޯޓުގެ ގާޒީ އައިޝަތު ނުޒުހާ ނެރުއްވި މި އަމުރުގައިވާ ގޮތުން އެ މީހާ އަކީ މިފަދަ ކުށުގެ ރެކޯޑު އޮތް މީހެކެވެ. އެހެންކަމުން ބަންދުން ދޫކޮށްލައިފި ނަމަ މިފަދަ އިތުރު ކުށްތައް ތަކުރާރުވުމުގެ ފުރުސަތު އޮވެފައި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމުގެ ފުރުސަތު އޮތް ކަމަށް ވެސް އަމުރުގައި ވަނީ ބުނެފައެވެ.
އަމުރުގައި ވާގޮތުން އޭނާ ވަނީ މަގުމަތިން ދިޔަ މީހެއްގެ އަތުގައި އޮތް ފޯނެއް ފޭރިގަތުމަށްފަހު އެ ފޯނު ހިފައިގެން ގޮސްފައެވެ. ނަމަވެސް އެ ތުހުމަތަަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު