Advertisement
މައިބަދައަށް ކެމެރާ ލައިގެން ކުރި އޮޕަރޭޝަންގެ ތެރެއިން-- ފޮޓޯ: އައިޖީއެމްއެޗް

ފުރަތަމަ ފަހަރަށް މައިބަދައަށް ކެމެރާ ލައިގެން ރާއްޖޭގައި އޮޕަރޭޝަނެއް ކޮށްފި

ފުރަތަމަ ފަހަރަށް މައިބަދައަށް ކެމެރާ ލައިގެން ކުރާ އޮޕަރޭޝަން (އެންޑޯސްކޮޕިކް ސްޕައިން ސާޖަރީ) ރާއްޖޭގައި ކޮށްފިއެވެ.

އައިޖީއެމްއެޗްއިން ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ ހޮސްޕިޓަލްގެ ނިއުރޯ ޑިޕާޓްމެންޓުން ފުރަތަމަ ފަހަރަށް މައިބަދައަށް ކެމެރާ ލައިގެން އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަން ކާމިޔާބުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

Advertisement

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މައިބަދައަށް ކެމެރާ ލައްވައިކުރި އޮޕަރޭޝަން ކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއެވެ.

އެންޑޯސްކޮޕިކް ސްޕައިން ސާޖަރީއަކީ މައިބަދައިގެ ޑިސްކު ސްލިޕްވުން، ނާރު ފިތުން، އަކި އެކިކަހަލަ ބުރަކަށީގެ ތަދުތަކަށް ފަރުވާ ދިނުމަށް, ނުފަޅާ ކުރާ އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަން ކުރުމަށް މައިބަދައާއި ދިމާލުން ކުޑަ ލޯވަލެއް ޑޮކްޓަރު ތޮރުފާނެއެވެ. އަދި އެތަނަށް ކެމެރާ ހުންނަ ކުޑަ ހޮޅިއެއް ވައްދައިގެން ސްކްރީނުން ބަލަމުން އެ އޮޕަރޭޝަން ކުރިއަށް ގެންދެއެވެ.

މި އޮޕަރޭޝަން ކުރުމަށް މީގެ ކުރިން ދިވެހިން ދާން ޖެހެނީ ރާއްޖެއިން ބޭރަށެވެ. ނަމަވެސް އައިޖީއެމްއެޗްއިން މިހާރު އެކަން ފެށުމާއެކު ރައްޔިތުންނަށް ހައްލެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް