Advertisement

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސް ނުލިބި މުވައްޒަފުންގެ ތެރޭގައި ބޮޑު ހިންހަމަނުޖެހުމެއް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް މި އަހަރު ދޭންޖެހޭ ބޯނަސް ނުލިބި، މުވައްޒަފުންގެ ތެރޭގައި ބޮޑު ހިތްހަމަނުޖެހުމެއް އުފެދިއްޖެއެވެ.

އިތުބާރު ހިފޭ މަސްދަރަކުން ” ހަވާސާ ” ނޫހަށް މަޢުލޫމާތު ދިންގޮތުގައި، އެމްއޭސީއެލްގެ މުވައްޒަފުންނަށް ކޮންމެ އަހަރަކުވެސް ބޯނަސް ދެމުން އަންނަނީ ސެޕްޓެންބަރު މަހުގެ ކުރިންނެވެ. ނަމަވެސް މިހާތަނަށްވެސް ބޯނަސް ދިނުމުގެ އެއްވެސް ކަމެއް ނުހިނގާކަމީ ބުންޏެވެ.

Advertisement

މުވައްޒަފުން ބުނާގޮތުގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ތަރައްޤީކޮށްފައިވާ ޓާމިނަލް ހުޅުވުމަށްޓަކައި އެ މުވައްޒަފުންވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެތައް ދުވަހު ގިނަ ވަގުތުތަކެއް ހޭދަކޮށް، ބުރަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ ބޯނަސް ނުލިބުމަކީ މުވައްޒަފުންގެ މެދުގައި ކަންބޮޑުވުމާއި ނުރުހުން އުފެދިފައިވާ ކަމެކެވެ.

އެމްއޭސީއެލްގެ ބައެއް މުވައްޒަފުން ބުނާ ގޮތުގައި، ބޯނަސްގެ މައްސަލައާ ގުޅޭގޮތުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާ (އެމްޑީ) ވާހަކަ ދެއްކުމަށް މަސައްކަތްކުރުމުން އެކަމަށް އެމްޑީ އަޅާނުލާ ކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ. މިކަމުގެ ސަބަބުން މުވައްޒަފުންގެ ހިތްހަމަނުޖެހުން އިތުރަށް ބޮޑުވެ، މަސައްކަތްކުރުމުގެ ރޫހަށްވެސް ނޭދެވޭ އަސަރުކުރާ ކަމަށް އެ މުވައްޒަފުން ބުނެއެވެ.

މިކަމާ ގުޅޭގޮތުން އެމްއޭސީއެލްގެ ބަހެއް އަދި ވަނީ ލިބިފައެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި