ޗައިނާ ޓައުން ނައިޓް މާކެޓް 2024 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

10 months ago

އަޙްމަދް އަޙްނަފް

ރާއްްޖޭގެ ތާރީޚުގައި އަލަށް ބާއްވާ "ޗައިނާ ޓައުން ނައިޓް މާކެޓް 2024" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މާކެޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 28 އިން މާރޗް މަހުގެ 5 ގެ ނިޔަލަށް ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދުގައެވެ.

މިއީ ޗައިނާ ތީމަށް ހާއްސަކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ މާކެޓެވެ. މި މާކެޓު ބޭއްވުމުގެ އެންމެ ބޮޑު މަޤްސަދަކީ ކުރިއަށްއޮތް ރޯދަ މަހާއި ދިމާކޮށް އާންމުންނަށް ހެޔޮ އަގުތަކެއްގައި ތަކެތި ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް މި މާކެޓު އިންތިޒާމުކުރާ ޑިޖި ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.

މި ޗައިނާ މާކެޓުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ބުކިން ހެއްދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. އާންމުންގެ ބޮޑު ތަރުހީބެއް މިހާރުވެސް މި މާކެޓަށް ލިބެމުން އަންނަ ކަމަށް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތުދެއެވެ.

މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކާއި، އާންމުންނަށް ވީހާވެސް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަށް ތަފާތު ގިނަ ހަރަކާތްތަކެއް އިންތިޒާމުކޮށްފައިވާ ކަމަށް ޑިޖި ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. އަދި ރާއްޖޭގެ އެހެން ނައިޓް މާކެޓުތަކާއި ޚިލާފަށް މި މާކެޓުގައި ތަފާތު ގިނަ ކަންތައްތަކެއް ފެނިގެންދާނެ ކަމުގެ ޔަގީންކަން ޑިޖި ކޯޕަރޭޝަނުން ދެއެވެ.

މާކެޓުގެ މޭޒުތަކަށް ބުކިން ހެއްދުމަށް 7393959 ގުޅުމަށްފަހު ކުރިއަށްދިއުމަށް އިންތިޒާމުކުރާ ފަރާތުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު