އެމެރިކާ ސަރުކާރުން އެމްއެންޑީއެފް އަށް، ހާއްސަ އޮޕަރޭޝަންތަކަށް ބޭނުންވާ ސީޓީ އިކުއިޕްމަންޓް ހަދިޔާކުރައްވައިފިއެވެ.
ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ ފަރާތުން އެމްއެންޑީއެފްއާ މި އިކުއިޕްމަންޓް ހަވާލުކޮށްދެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިސް އެކްސެލެންސީ ހޫގޯ ޔޮންއެވެ. އެމްއެންޑީއެފްގެ ފަރާތުން އިކުއިޕްމަންޓާ ހަވާލުވެލެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
އެމެރިކާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއަށާއި އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕަށް ބޭނުންވާ ކޮމްބެޓް ޑައިވިންގ އިކުއިޕްމަންޓާއި، ޕަރސަނަލް ގިޔަރ ހިމެނެއެވެ. އަދި އޮޕަރޭޝަނަލް އިކުއިޕްމަންޓް ހިމެނެއެވެ.
އެމެރިކާއިން ހަދިޔާކުރި އިކުއިޕްމަންޓުގެ ސަބަބުން، އެމްއެންޑީއެފްގެ ހާއްސަ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލުކަން އިތުރަށް ހަރުދަނާވެ، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިސް އެކްސެލެންސީ ހޫގޯ ޔޮން ވަނީ ދެ ގައުމުގެ ދިފާއީ ހަރުދަނާ ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖޭގެ ސަލާމަތީ ކަންކަމަށް އެމެރިކާގެ ފަރާތުން ވެދެމުންދާ އެހީތެރިކަން ކުރިއަށް އޮތް ތަނުގައި ވެސް ދެމިގެންދާނެ ކަމުގައި ވިދާޅުވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އެމެރިކާއިން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެ އިކުއިޕްމަންޓުގެ ސަބަބުން އެމްއެންޑީއެފްގެ ހަރަކާތްތެރިކަމާއި ގާބިލުކަން އިތުރުވެގެންދާނެކަން ފާހަގަކުރެއްވިއެވެ.
މިފަދަ އެހީތެރިކަމަކީ ދިވެހިރާއްޖޭގެ ދިފާއީ ގާބިލުކަން އިތުރުކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމުގައި ވެސް ވިދާޅުވިއެވެ.
މިއީ ދިިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ދިފާއީ ގުޅުންތައް އިތުރަށް ބަދަހިކޮށް، ސަރަހައްދީ ސަލާމަތަށް ދެ ގައުމުން ދެމުންދާ އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ލިބިގެންދިޔަ މުހިންމު އެހީއެކެވެ.
މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، އެމެރިކާގެ، އޭޝިއާ ޕެސިފިކް ސެންޓަރ ފޮރ ސެކިޔުރިޓީ ސްޓަޑީޒް (އޭޕީސީއެސްއެސް) ވަފުދުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެ


ކިޔުންތެރިންގެ ހިޔާލު