Advertisement
ރާއްޖެއަށް ވޭޕް އެތެރެ ކުރި މައްސަލައިގައި ހައްޔަރު ކުރި މީހުން-- ފޮޓޯ: ފުލުހުން

ރާއްޖެއަށް ޑްރަގާއި ވޭޕް އެތެރެ ކުރީ ތިން ބެއިން!

ރާއްޖޭގައި މަނާކޮށްފައިވާ ތަކެއްޗާއެއްކޮށް ހައްޔަރުކޮށްފައިވަނީ ތިން ބެއިންކަން ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އިއްޔެ ހަތަރު މީހަކަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ތިން އެޕާޓްމެންޓް ބަލައިފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Advertisement

މި އޮޕަރޭޝަނުގައި ރާއްޖެއަށް އެތެރެ ކުރުން މަނާ ގިނަ އަދަދެއްގެ ތަކެއްޗާއި އެތަކެތި ވިއްކުމަށްޓަކައި މީސްމީޑިއާގެ އެކި މަންސަތަކުގައި ބޭނުން ކުރާ ޗެނަލްތަކާއި އެ ހަތަރު މީހުންގެ މޯބައިލް ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ އެއްބަނޑު އެއްބަފާ ތިން މީހުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އެއީ:

  • ލ. މާބައިދޫ، ސޭޑީކޯނަރ، ނަޝްވާން މުހައްމަދު (32އ)
  • ލ. މާބައިދޫ، ސޭޑީކޯނަރ، ނަހުޒާން މުހައްމަދު (25އ)
  • ލ. މާބައިދޫ، ސޭޑީކޯނަރ، ނަބުހާން މުހައްމަދު (22އ)

މި އޮޕަރޭޝަނުގައި އެތަނުން އެކަކު ދުއްވި ސައިކަލެއް ބަލައި ފާސްކޮއް، އަދި އެޕާޓްމެންޓްތަކުން ގިނަ އަދަދެއްގެ ވޭޕާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެއްޗާއި 111،880 ރުފިޔާގެ އިތުރުން ރާއްޖެ އެތެރެ ކުރުން މަނާ އެހެނިހެން ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އަތުލައިގަތް ވޭޕް ސާމާނުތައް– ފޮޓޯ: ފުލުހުން

މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި ތިން މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ނަޝްވާން މުހައްމަދު އާއި ނަހުޒާން މުހައްމަދު ޝަރުތުކުރުމަށްފަހު ކޯޓުން ދޫކޮށްލާފައިވާއިރު، ނަބުހާން މުހައްމަދު ތިން ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް