Advertisement

ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް ހުޅުވާލައިފި

ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޮންސްޓަބަލްގެ ވަޒީފާއަށް ހުޅުވާލި ނަމަވެސް ވަޒީފާއަށް މީހުން ނަގާނެ ވަކި އަދަދެއް ފުލުހުން ވިދާޅެއް ނުވެއެވެ.

Advertisement

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 15 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ.

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ ވަޒީފާއަށް ކުރިމަތިލެވޭނީ އެސްއެސްސީ އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން “ސީ” ފާސް ލިބިފައިވުމާއިއެކު ޖީސީއީ އޯ ލެވެލް އިމްތިހާނުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން “ސީ” ފާސް ހާސިލްކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ކަމަށެވެ.

ތައުލީމީ ޝަރުތުތަކަށް ވުރެ މަތިން އޯވަކޮލިފައިވާ ފޯމް ބަލައި ނުގަންނާނެ ކަމަށްވެސް އިއުލާނުގައިވެއެވެ.

ވަޒީފާގެ އިތުރު ޝަރުތުތަކުގެ ތެރޭގައި މީލާދީ ގޮތުން އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހެއްކަމުގައިވުމާއި ފިރިހެނެއް ނަމަ އިސްކޮޅުގައި ކުރުވެގެން ފަސް ފޫޓު އެއް އިންޗި އަދި އަންހެނެއް ނަމަ ފަސް ފޫޓު ހުރުން ހިމެނެއެވެ.

މަގާމުގެ އަސާސީ މުސާރައަކީ 8،990 ރުފިޔާ އެވެ. މަގާމުގެ އެލަވަންސްގެ ގޮތުގައި 6،510 ރުފިޔާ ލިބޭއިރު ފުލުހުންގެ ވަޒީފާގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައް އަދި ކެއުމާއި ބޭސްފަރުވާ ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް