Advertisement
ޖުމްހުރީ މައިދާން ބަންދުކޮށް އެ ތަނުގައި އާރުޑީސީން މަރާމާތުގެ މަސައްކަތް ކުރަނީ

ސަރުކާރުން ބުނީ ޖުމްހޫރީ މައިދާން ބަންދުކުރީ މަރާމާތު ކުރުމަށް ކަމަށް

ޖުމްހޫރީ މައިދާނުގެ ބޮޑު ބައެއްގައި ފިލާ ޖަހައި އެ ސަރަހައްދަށް މީހުންނަށް ނުވަދެވޭނެހެން ބަންދުކޮށްފައިވަނީ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް ކަމަށް ސަރުކާރުން ބުނެފި އެވެ.

ޖުމްހުރީ މައިދާނުގެ ހުޅަނގު ކޮޅުގައި ހުންނަ ފައުންޓެއިން އާއި ދިމާލުން ފިލާ ޖަހައި ބަންދުކޮށްފައި ހުންނަތާ މަހެއްހާ ދުވަސް ވެއްޖެ އެވެ. މިދިޔަ ހަފުތާ މައިދާނުގެ އިރުމަތީ ފަރާތުން، ފުލުހުންގެ މައި މަރުކަޒާވީ ފަޅި ވެސް ވަނީ ފިލާ ޖަހައި ބަންދުކޮށްފަ އެވެ.

Advertisement

މިކަމާއި ގުޅިގެން ހަވާސާ އިން މާލެ ސިޓީ ކައުންސިލުގެ މީޑިއާ ޓީމާއި ސުވާލުކުރުމުން ބުނީ މި ކަމަކީ އެ ކައުންސިލުން ކުރާ ކަމެއް ނޫން ކަމަށެވެ.

އިތުރު ތަފުސީލު ހޯދުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ސުވާލުކުރުމުން އެ މިނިސްޓްރީން ބުނެފައިވަނީ ޖުމްހޫރީ މައިދާން ބަންދުކުރީ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. ހުޅުވާލާނެ ދުވަހެއް ނުބުނެ އެވެ.

ޖުމްހޫރީ މައިދާން ސަރަހައްދުގައި މަސައްކަތް ކުރަމުން ދަނީ ސަރުކާރުގެ މަގުހަދާ ކުންފުނި، އާރުޑީސީގެ މުވައްޒަފުންނެވެ. އެ ސަރަހައްދަށް ހެވީ މެޝިނަރީޒް ވައްދާ، ކުރިން އަތުރާފައި ހުރި ގައުތަކާއި ސިމެންތި ބެންޗުތައް މިހާރު ވަނީ ތަޅާލާފަ އެވެ.

އެ ސަރަހައްދު ބަންދުކޮށްފައި މިވަނީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އިން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ. އެ އެއްވުމުގެ ބައިވެރިން ޖުމްހުރީ މައިދާނަށް ވަންނަން މަސައްކަތް ކުރާނެ ކަމުގެ އިޝާރާތެއް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވަނީ ދެއްވާފަ އެވެ.

ހުކުރު ދުވަހުގެ ރޭ ދިވެހި ރައްޔިތުން މާލޭގެ މަގުތައް ފުރާލާނެ ކަމަށް ވިދާޅުވެ ފައްޔާޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓު ނިންމާލެއްވީ، ޓިނު ޖަހައި ބަންދުކުރިޔަސް ޖުމްހޫރީ މައިދާނަކީ ހުރިހާ ދިވެހިންނަށް ވެސް ހުޅުވާލެވިފައި އޮތް ތަނެއް ކަމަށް ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި