Advertisement

ބާރުގެ ބޭނުން ކުރާނެ ގޮތުގެ ޕްރޮގްރާމެއް ފުލުހުންނަށް ހިންގައިފި

ގދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް ޔޫސް އޮފް ފޯސް ރިފްރެޝަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ފުލުހުންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އާންމުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

Advertisement

ފުލުހުން ވިދާޅުވީ ގދ. އަތޮޅުގެ އެކި ރަށްރަށުން 31 ފުލުހުން ބައިވެރިވި މި ޕްރޮގްރާމްގައި، ފުލުހުން ބޭނުންކުރާ ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ ބިޑިއާއި މުގުރު ބޭނުންކުރާނެ ގޮތްތަކާއި ފުލުހުންގެ ބެލުމުގެދަށަށް މީހުން ގެނައުމުގައި އަމަލުކުރާނޭ ގޮތުގެ އުކުޅުތައް އިތުރަށް ދަސްކޮށްދިނުމަށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި ފުލުހުންނަށް ލިބިދީފައިވާ ގާނޫނީ ބާރުތަކާއި އިހުތިޔާރުގެ ބޭނުން ހިފުމާ ބެހޭ ގަވާއިދާއި ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާ ބެހޭ ގަވާއިދު އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރި ކުރުވުމަށް ވެސް މި ޕްރޮގްރާމުގެ ތެރެއިން މައުލޫމާތު ދިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް