Advertisement

އަންހެން ކޮއްކޮ އާއި ބޭބެ ހިމެނޭހެން ތިން މީހަކު ޑްރަގާއެކު ހައްޔަރުކޮށްފި

އަންހެން ކޮއްކޮ އާއި ބޭބެ ހިމެނޭހެން ތިން މީހަކު މަސްތުވާތަކެތި ގެންގުޅުމާއި ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މި ތިން މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ ރޭ ކޯޓު އަމުރެއްގެ ދަށުންނެވެ.

Advertisement

ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ މާލޭގެ މއ. މަޒާގޭގައި ދިރިއުޅޭ މުޙައްމަދު އައިޝް އަހުމަދު (31 އަހަރު) އާއި އާމިނަތު އިލްޔީން އަހުމަދު (25 އަހަރު) އަދި ހދ. ކުޅުދުއްފުށީ މަރިޔާޒްގޭގައި ދިރިއުޅޭ އިނާޔަތު އަލީއެވެ.

މި އޮޕަރޭޝަނުގައި ފުލުހުން ވަނީ މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށްފައެވެ. މި ދެ ގެއިން ފެނިފައިވަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެކެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމެވެ.

ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު އައިޝް އަހުމަދު 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާއިރު، އާމިނަތު އިލްޔީން އަހުމަދުއާއި އިނާޔަތު އަލީ ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް