Advertisement

ފިލިޕީންސްގައި ދިވެހި ދަރިވަރަކު މަރުވެފައި އޮއްވާ ފެނިއްޖެ

ފިލިޕީންސްގައި ކިޔަވަން ހުރި ދިވެހި ދަރިވަރަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

‘ހަވާސާ’އަށް އެނގިފައިވާ ގޮތުގައި މަރުވީ ފިލިޕީންސްގައި ޑޮކްޓަރުކަން ކިޔަވަން ހުރި ދިވެހި ފިރިހެނެކެވެ. އެކަމަކު، އޭނާއާ ގުޅޭ އެއްވެސް ތަފުސީލެއް ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

Advertisement

އެނގިފައިވާ ގޮތުގައި އެއީ ނ. ހޮޅުދުއަށް ނިސްބަތްވާ މުހައްމަދު ހުމައިދު (30އ)އެވެ.

އެ ގައުމުގައި ކިޔަވާ ދަރިވަރަކު ‘ސަން’އަށް ބުނީ، މަރުވެފައި އޮއްވާ ފެނުނީ ޑޮކްޓަރުކަން ކިޔަވަން ހުރި ފިރިހެނެއް ކަމަށާއި އޭނާގެ ހަށިގަނޑު ފެނުނީ ކޮޓަރީގައި އުޅޭ ރޫމްމޭޓަށް ކަމަށެވެ. އެއީ، ހަތަރުވަނަ އަހަރު ކިޔަވަމުން އަންނަ ދަރިވަރެކެވެ.

އެނގިފައިވާ ގޮތުގައި އެ ގައުމުގެ ފުލުހުން އަންނަނީ މި މައްސަލަ ބަލަމުންނެވެ.

“މިއަދު މާލެ އަންނަން އޮތް ކުއްޖެއް ކަމަށް ބުނަނީ. އެކަމަކު، ވީ ކިހިނެއް ކަމެއް ސާފެއް ނޫން،” އެ ގައުމުގައި ހުރި ދިވެއްސަކު ކިޔައިދިނެވެ.

މި ކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް