Advertisement

މަސްތުވާތަކެތީގެ ވިޔަފާރިކުރި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓު އަމުރުގައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރި ދެ ބަންގްލަދޭޝް ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ:

Advertisement

  • ފާރޫކް ޗޮކޯދާރު (50އ)
  • ސަފިކް (40އ)

ކޯޓު އަމުރުގައި ވަނީ ތުހުމަތުކުރެވޭ ކުށް ދެ މީހުން ކުރި ކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަަމަށެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ބަޔާން ހުށަހަޅާފައިވާ ކަމަށް އަމުރުގައިވެއެވެ.

އެ ބަޔާނަށް ބަލާއިރު ބަލައިފާސްކުރި ތަނުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެކި ބާވަތްތަކާއި ހުސް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް އަމުރުގައިވެއެވެ. އަދި އެތަނާ އެ މީހުންނާއި ގުޅުން އޮތް ކަމަށް ބެލެވޭ ކަމަށް އޭގައިވެއެވެ.

ކޯޓުން ވަނީ އެ ދެ މީހުން ވެސް ކަސްޓޯޑިއަކް ޖަލެއްގައި 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައި ވަނީ އެ މީހުން ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ. އެ މީހުންނާ ގުޅުން ހުރި ކޮޓަރިން މަނާ ބޭސްތަކެއް ފެނިފައިވާކަމަށް އައިއޯއިން ފާހަގަކޮށްފައިވާ ކަމަށް އަމުރުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި