Advertisement

ވިސާއާ ނުލައި ދިވެހިންނަށް އަޒަރުބައިޖާނަށް ދެވޭ ގޮތް ހަދައިފި

ވިސާއާ ނުލައި 90 ދުވަހުގެ މުއްދަތަކަށް ދިވެހިންނަށް އަޒަރުބައިޖާންގައި ތިބެވޭ ގޮތް ހަދައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ވިދާޅުވީ ރާއްޖެ އާއި އަޒަރުބައިޖާންއާ ދެމެދު ދަތުރުފަތުރު ކުރުމުގެ ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ މަގްސަދުގައި ދިވެހިންނަށް އޯޑިނަރީ ޕާސްޕޯޓުގައި ވިސާއާ ނުލައި އަޒަރުބައިޖާނަށް ޒިޔާރަތް ކުރެވޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

Advertisement

މި އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާ އާ ނުލައި އަޒަރުބައިޖާން އަށް އެތެރެވުމާއި، ޓްރާންސިޓްވުން އަދި 90 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ހުރުމުގެ ހުއްދަ ދިވެހީންނަށް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަށްދާ 80 ވަނަ އދ. ގެ އާންމު މަޖިލީހު ގެ ހަވާސާގައި ބޭއްވުނު ދެ ގައުމުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ކުރިން ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްއެވެ. އަޒަރުބައިޖާން ސަރުކާރުން އެ ގައުމުގެ ޚާރިޖީ ވަޒީރު ޖޭހުން ބައިރަމޯވްއެވެ.

ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައިވެސް ވިސާ އާ ނުލައި އަޒަރުބައިޖާނަށް ދަތުރުފަތުރު ކުރުމާގުޅޭ އެއްބަސްވުމެއްގައި މިދިޔަ އަހަރު ވަނީ ސޮއިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް