Advertisement
ހަންގޭރީއާއެކު އެއްބަސްވުމުގައި ސޮއި ކުރުން: ފޮޓޯ: ހާރިޖީ ވަޒީރު

ހަންގޭރީގެ ޔުނިވާސިޓީތަކުން ދިވެހި ދަރިވަރުންނަށް 25 ސްކޮލަޝިޕް ފުރުސަތު

ހަންގޭރީގެ ޔުނިވާސިޓީތަކުން ދިވެހި ދަރިވަރުންނަށް ސްކޮލާޝިޕްގެ ފުރުސަތުތުތައް ހޯދަން ދިވެހި ސަރުކާރާއި ހަންގޭރީ ސަރުކާރާ ދެމެދު “ކޯޕަރޭޝަން ވިތިން ދަ ފްރޭމްވަރކް އޮފް ދަ ސްޓައިޕެންޑިއަމް ހަންގޭރިކަމް 2025 -2027” ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

މި ފަހަމުނާމާގެ ދަށުން ހަންގޭރީގެ ޔުނިވާސިޓީ ތަކުގައި އަންޑަގްރެޖުއޭޓް، ގްރެޖުއޭޓް އަދި ޑޮކްޓޯރަލް ފެންވަރުގެ ސަނަދުތައް ހާސިލު ކުރުމަށް 2025 އިން 2027 އަށް، ކޮންމެ އަހަރުކުވެސް ދިވެހި ދަރިވަރުންނަށް 25 ސްކޮލަޝިޕް ފުރުސަތު ލިބިގެންދާނެއެވެ.

Advertisement

ނިއުުޔޯކްގައި ކުރިއަށްގެންދާ އ.ދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ އެންމެ އިސްބޭފުޅުންގެ ބައްދަލުވުންތަކުގެ ހަވާސާ ތެރެއިން، ބޭއްވި އިވެންޓެއްގައި ދިވެހި ސަރަކުރާގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލެވެ. އަދި ހަންގޭރީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޕީޓަރ ސިޔާރޓޯއެވެ.

ސްޓައިޕެންޑިއަމް ހަންގޭރިކަމް ޕްރޮގްރާމަކީ ބައިނަލްއަގްވާމީ ދަރިވަރުން ހަންގޭރީގައި މަތީ ތައުލީމު ހާސިލުކުރުމަށް ޝައުގުވެރިކުރުވުމަށާއި، ދަރިވަރުންނަށް ހަންގޭރީގައި އަމިއްލަ އަދި ރަސްމީ ގުޅުންތައް ގާއިމުކުރުމުގެ ފުރުސަތު ހޯދާދިނުމުގެ އިތުރުން ޔޫރަޕްގައި ތިބެ، އެންމެ މަތީ ފެންވަރުގެ ސެޓްފިކެޓްތައް ހާސިލުކުރުމުގެ ފުރުސަތު މަގުފަހިކޮށްދިނުމުގެ މަގްސަދުގައި ހަންގޭރީ ސަރުކާރުން ތައާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް