Advertisement

އަހަރުގެ ފުރަތަމަ 6 މަހު ޓެކްސްގެ ގޮތުގައި މީރާއަށް 774 މިލިއަން ޑޮލަރު

މި އަހަރުގެ ފުރަތަމަ ހަ މަހުގައި ޓެކްސްގެ ގޮތުގައި މީރާއަށް 774 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ ފުރަތަމަ ހަ މަހު އެ އިދާރާއަށް ޓެކްސްގެ ގޮތުގައި 774 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. އަދި ފަސް ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުންދައްކައެވެ.

Advertisement

މިދިޔަ އަހަރުގެ އެ މުއްދަތުގައި ޓެކްސްގެ ގޮތުގައި މީރާއިން ބަލައިގަނެފައިވަނީ 562 މިލިއަން ޑޮލަރެވެ. އެހެންކަމުން އެއީ މިދިޔަ އަހަރާއި އަޅާބާލައިރު 38 އިންސައްތައިގެ ކުރިއެރުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މީރާއަށް ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، ޓީޖީއެސްޓީގެ ގޮތުގައެވެ. ޓީޖީއެސްޓީގެ ގޮތުގައި 400 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް މީރާއިން ވިދާޅުވެއެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 73 މިލިއަން ޑޮލަރު ވެސް އަހަރުގެ ފުރަތަމަ ހަ މަހުގައި ލިބިފައިވެއެވެ.

މީރާއިން ވިދާޅުވީ މި އަހަރުގެ ހަ މަހުގެ ތެރެއިން ޑޮލަރުގެ އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖެނުއަރީ މަހުގައެވެ. އެ މަހުގައި މީރާއިން ވަނީ 117 މިލިއަން ޑޮލަރު ބަލައިގެންފައެވެ.

އަހަރުގެ މިހާތަނަށް ކޮންމެ މަހެއްގައި ވެސް މީރާއަށް ރަނގަޅު އާމްދަނީއެއް ދަނީ ލިބެމުންނެވެ. މިދިޔަ މަހު މީރާއަށް އާމްދަނީގެ ގޮތުގައި 2.12 ބިލިއަން ރުފިޔާ ވަނީ ބަލައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް