Advertisement

ކާބޯތަކެތީގެ ޚިދުމަތްދޭ 25 ތަނެއް ބަންދުކޮށްފި

މާލެ ސިޓީ ކައުންސިލާއި ކާބޯތަކެއްޗާ ބެހޭ އިދާރާ (އެމްއެފްޑީއޭ) ގުޅިގެން މާލެއާއި ވިލިމާލޭގެ ކާބޯތަކެތި ވިއްކާ ތަންތަނުގެ ތެރެއިން 25 ތަނެއް އިއްޔެއާ ހަމައަށް ބަންދުކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނީ، މި ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮޕަރޭޝަންގައި ސައި ހޮޓާތަކާއި ޓޭކްއަވޭގެ ޚިދުމަތާއި ކެއުންބުއިމުގެ ޚިދުމަތް ދިނުމަށް އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ ތަންތަނުގެ އިތުރުން ގަވައިދާ ޚިލާފަށް ޚިދުމަތްދޭ ތަންތަން ބަލަމުން އަންނަ ކަމަށެވެ.

Advertisement

މި އޮޕަރޭޝަންގެ ދަށުން އެމްއެފްޑީއޭގެ ހުއްދަ ނުނަގައި ގަވައިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށް ނޯޓިސް ދީ ބަންދުކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.

އެގޮތުން، އިއްޔެގެ ނިޔަލަށް މިހާތަނަށް 25 ތަނެއް ބަންދުކޮށްފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

ކައުންސިލުން އިތުރަށް ބުނީ، މި އޮޕަރޭޝަންގެ ދަށުން ގިނަ ތަންތަން ބަލަން ޖެހޭތީ، އޮޕަރޭޝަން ކުރިއަށް ގެންދާ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އިތުރުކުރަން ނިންމީ ކިހާ މުއްދަތަކަށް ކަމެއް ކައުންސިލުން އަދި ނުބުނެއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މާލޭގެ ހަ ސަރަހައްދަކަށް ބަހާލައިގެން ކޮންމެ ސަރަހައްދެއްގައި ކައުންސިލާއި އެމްއެފްޑީއޭގެ ޖޮއިންޓް ޓީމެއް ހަރަކާތްތެރިވާ ގޮތަށް ކަމަށާއި މާލޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލައި ނިމުމުން ވިލިމާލޭގައި ހުރި ތަންތަން ވެސް ބަލަން ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް