ހުޅުމާލެ ފޭސް ދޭއްގައި ކަފިހިހުރަސްމަތިން މަގުހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖެހި އެކްސިޑެންޓުވުމުން ކާރު މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލއިގައި ހައްޔަރު ކޮށްފައި ވަނީ ޏ. ފުވައްމުލައް / ދަޑިމަގު. ނައިސް، ޚާލިދު ޢަބްދުﷲ ޢަލީ (57އ) އެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭ 9:30 އެހައިކަންހާއިރު ހުޅުމާލެ ފޭސް 2 ހިތިގަސްމަގު، އެމްއޭސީއެލް ޓަވަރު ކައިރީގައި ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ހުރަސްކުރި 63 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ، އޭނާގެ ގައިގައި ކާރުންޖެހި އެ މީހާ ވެއްޓުމުން ކާރު މަޑުނުކޮށް އެ ސަރަހައްދުން ގޮސްފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ އެއްފައިގެ ކަށިމަތި ވަނީ ބިންދައިގެން ގޮސްފައެވެ. އެ މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ
އެ މައްސަލައާ ގުޅިގެން، ސީސީޓީވީ ފުޓޭޖު ބަލައި އެ ކާރު ހޯދައި ކާރު ދުއްވި މީހާ، ހައްޔަރުކޮށްފައިވަނީ އިއްޔެ ކޯޓު އަމުރެއްގެދަށުންނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު