Advertisement

ފަލަސްތީނު ބަލައިގަތް ގައުމުތަކަށް ރާއްޖޭން މަރުހަބާ ކިޔައިފި

ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ އަދި ކެނެޑާއިން ނިންމުމުން ރާއްޖޭން އެކަމަށް މަރުހަބާކިޔައިފިއެވެ.

ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ނަމުގައި ޔަހޫދީންނަށް ދައުލަތެއް ހަދައިދިނުމުގައި އެންމެ އިސްކޮށް މަސަައްކަތްކުރި އިނގިރޭސި ވިލާތުން ފަލަސްތީނުގެ ދައުލަތް ބަލައިގަތްކަން އިއުލާނުކުރީ އިއްޔެ އެވެ. ކެނެޑާ އާއި އޮސްޓްރޭލިއާއިން ވެސް ވަނީ ފަލަސްތީނު ބަލައިގަތްކަން އިއްޔެ އިއުލާނުކޮށްފައެވެ.

Advertisement

އެ ތިން ގައުމުން އެކަން އިއުލާނުކުރުމުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ ސަރަހައްދީ ސުލްހައަ އާއި ހަމަޖެހުމަށް އެޅި މުހިއްމު ފިޔަވަޅެއް ކަމަށެވެ.

“އެކަމުން ދޭހަކޮށްދެނީ ފަލަސްތީނު މީހުންނަށް އަމާންކަމާއި އިއްޒަތާއި އިންސާނީ ކަރާމާތް ހޯދައިދިނުމަކީ ވަރަށް އަވަހަށް ކުރަންޖެހޭ ކަމެއްކަން ގައުމުތަކުން އެއްބަސްވާ އެއްބަސްވުން،” ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން ކުރާ މަސައްކަތަށް އެހެން ގައުމުތަކުން ވެސް ތާއީދުކުރަން އެ ބަޔާނުގައި ރާއްޖޭން ގޮވައިލިއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަކީ ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި ދިން ހަމަލާތަކަށް އިނާމު ދިނުން ކަމަށް ބުނެ ރުޅިވެރިކަމާ އެކު ރައްދު ދީފަ އެވެ. އަދި ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުން އިތުރުކުރާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަކަން އިއުލާނުކުރާ ހުޅަނގުގެ ގައުމުތަކުން ބުނަމުން އަންނަނީ ހަމާސްގެ ބައިވެރިވުން އޮންނަ ދައުލަތެއް ގަބޫލު ނުކުރާނެ ކަމަށެވެ.

މިކަން އިއުލާނުކޮށްފައި މި ވަނީ މި މަހު އޮންނަ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އިތުރު 10 ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމާފައި ވަނިކޮށެވެ. އދ.ގެ އާންމު މަޖިލީހުގައި، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައިވާ ހުޅަނގުގެ ގައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތުގެ އިތުރުން ފްރާންސާއި ޕޯޗުގަލް ވެސް ހިމެނެއެވެ.

އަންނަ ހަފުތާގައި ނިއު ޔޯކްގައި ބާއްވާ އދ.ގެ އާންމު މަޖިލީހުގައި އެންމެ ބޮޑަށް ދެކެވޭނެ ކަމަށް ބެލެވިފައިވަނީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް “ދެ ދައުލަތުގެ ހައްލު” ހޯދުމާ ބެހޭ ވާހަކައެވެ.

އދ.ގެ މެންބަރު 193 ގައުމުގެ ތެރެއިން 75 ޕަސެންޓަކީ މިހާރު ވެސް ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާ ގައުމުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް