އޮގަސްޓް މަހުގައި 118 އެކްސިޑެންޓް ހިނގާފައިވާ ކަމަށާއި 53 މީހަކަށް އަނިޔާވި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވަނީ އޮގަސްޓް މަހުގެ އެކަކުން ފެށިގެން 31 އާއި ހަމައަށް ހުޅުމާލެ ޓްރެފިކް ޕޮލިސްގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެެ.
ފުލުހުން ވިދާޅުވީ އެ މަހު 1661 އުޅަނދު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ގަވައިދާ ހިލާފުވި 529 އުޅަނދެއް ފާހަގަކުރެވިފައިވާ ކަމަށެވެ. 345 މީހަކަށް އަނގަ ބަހުން ނަސޭހަތް ދީފައިވާ ކަމަށް ވިދާޅުވިއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 118 އެކްސިޑެންޓެއް ހިނގާފައިވާއިރު 48 މީހަކަށް ކުޑަކޮށް އަނިޔާވިއެވެ. އަދި ފަސް މީހަކަށް ސީރިއަސް އަނިޔާވެފައިވާ ކަމަށް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އެކްސިޑެންޓްތަކުން ލިބުނު ގެއްލުންތަކުގެ ބަދަލުގައި 245،481 ރުފިޔާ އޮގަސްޓްމަހު ހޯދާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ އޮގަސްޓްމަހު ލައިސެންސެއް ނެތި މީހުން ދުއްވި 120 އުޅަނދު ޓޯކޮށްފައިވާ ކަމަށެވެ. އަދި 36 އުޅަނދެއް ޓޯކޮށްފައިވަނީ ނުރައްކާތެރިކޮށް ދުއްވައިގެން ކަމަށެވެ.
އުޅަނދު ބަދަލުކޮށްގެން ދުއްވި 12 މައްސަލައެއް ވެސް ބަލާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި 115 މީހެއްގެ ލައިސެންސް އަތުލާފައިވާ ކަަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު