Advertisement

61 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފި

ގިނަ އަދަދެއްގެ މީހުން ގޮވައިގެން ދަތުރު ކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މާލޭން ފުރައިގެން ހއ. ދިއްދޫއަށް ދަތުރު ކުރަމުން ދިޔަ “މެގަ ހޯރަ” ނަމަކަށް ކިޔާ މުދާ އުފުލާ އެ ބޯޓު އަރާފައިވަނީ ނ. ވަތަވިކުރޮޅިއަށް ފަރަށް ކަމަށެވެ. އެހާދިސާ ހިނގުމާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.

Advertisement

މި ބޯޓު މާލޭން ފުރާފައިވަނީ ރޭ ދަންވަރު 11:59ގައެވެ.

ބޯޓު ފަރަށް އެރިއިރު އޭގޭން 61 މީހުން ދަތުރު ކުރި ކަމަށާއި އެ ބޯޓަކީ 98 ފޫޓުގެ ބޯޓެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފް ނޮދަމް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބާކްރާފްޓް ލޯންޗެއް ޑައިވަރުންނާއި އެކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު، ކޯސްޓްގާޑް ޝިޕް، ޝަހީދު އަލީ ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް