Advertisement

ނިލަންދޫ އެއާޕޯޓު ގިނަވެގެން 2 އަހަރާއި ބައިގެ ތެރޭގައި ނިންމާނަން: ރައީސް

ފ. ނިލަންދޫ އެއާޕޯޓް އެޅުމުގެ މަޝްރޫއު އެންމެ ގިނަވެގެން ދެ އަހަރާއި ބައިގެ ތެރޭގައި ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. ބިން ހިއްކުމުގެ އިތުރުން ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. ނިލަންދޫގައި އެންމެ އިސްކަމެއް ދީގެން ހިންގަމުން އަންނަ އެންމެ ބޮޑު މަޝްރޫއަކީ ވެސް ނިލަންދޫގައި އެއާޕޯޓެއް ގާއިމު ކުރުމުގެ އަމަލީ މަސައްކަތެވެ. އޭގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކައި، 2،098 މީޓަރު ބޮޑު ހިލަ ރިވެޓްމަންޓް ޖަހައި 1،400 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖަހާނެއެވެ.

Advertisement

އެ ރަށުގައި ބޭއްވި ޖަލްސާގައި ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ރޭ ވަނީ ހަވާލުކޮށްފައެވެ.

ނިލަންދޫގައި އެއާޕޯޓް އަޅަން އެމްއޭސީއެލް އާ ހަވާލު ކުރަނީ. — ފޮޓޯ:އެމްއޭސީއެލް

ނިލަންދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ނިލަންދު އަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން 1-10 އަށް ބެލި ކަމުގައި ވިޔަސް، އެންމެ މުހިންމު ވައުދަކީ އެއާޕޯޓު މަޝްރޫއު ކަމަށެވެ.

އެއާޕޯޓު އެޅުމަށް ހިއްކަން ޖެހޭ ބިމުގެ ވަރަށް ބޮޑު ބައެއް ހިއްކައި ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން ފުރަތަމަ ހިއްކުމަށް ހަމަޖެހިފައި އޮތީ 1،500 މީޓަރުގެ ރަންވޭއެއް އެޅުމަށް ބޭނުންވާ ބިމެވެ.

އެކަމަކު، އިތުރު، 300 މީޓަރާއެކު، ޖުމްލަ 1،800 މީޓަރުގެ ރަންވޭއެއް އެޅުމަށް ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއަށް ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމްޓީސީސީގެ މަސައްކަތަކަށް ވާނީ ބިން ހިއްކުމާއެކުގައި ހިއްކި ސަރަހައްދު ހިމާޔަތްކޮށް ރިވެޓްމަންޓް ޖެހުން ކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ރޭ އެމްއޭސީއެލްއާ އެކީގައި ސޮއިކުރީ އެންމެ ޒަމާނީ ފެންވަރުގެ އެއާޕޯޓެއް އެޅުމަށާއި އެއާޕޯޓު އޮޕަރޭޓް ކުރުމަށެވެ.

“މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި، ދެ އަހަރާއި ބައިގެ ތެރޭގައި މި އެއާޕޯޓު ނިންމައި ތިޔަބޭފުޅުންނަށް ލިބިގެންދާނެ. އެ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން. އެހެންވީމާ ބައްލަވާ އެ އަށް ވުރެ ވެސް އަވަސް ވާނެ ކަމަށް،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއާޕޯޓަކީ ރަށުގެ ތަރައްގީއަށާއި އަތޮޅުގެ ތަރައްގީއަށް ވެސް ކޮންމެހެން މުހިންމު މަސައްކަތެއް ކަމަށެވެ. ނިލަންދޫ، އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާއިރު، އެންމެ މުހިންމު ކަމަކަށް ވާނީ އެއާޕޯޓުގެ މަސައްކަތް ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު މިދިޔަ އަހަރު ނިލަންދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ، ނިލަންދޫގެ އެއާޕޯޓް ޖެޓް ޖެއްސޭ ފެންވަރަށް ތަރައްގީ ކުރައްވާނެ ކަމަށެވެ. އަދި 1،800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްގީކުރާ މި އެއާޕޯޓް ވެގެންދާނީ ރާއްޖޭގެ އެންމެ ޒަމާނީ އެއާޕޯޓްތަކުގެ ތެރެއިން އެއް އެއާޕޯޓަށް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް