ސަރުކާރުން ޤައުމު ލޫޓުވަމުންދާ ކަމަށް ތުހުމަތުކޮށް، އެކަމާ ދެކޮޅަށް އޮކްޓޯބަރ 3 ވަނަ ދުވަހު އެމްޑީޕީ ސެކްރެޓޭރިއެޓުން ބާއްވާ އިހުތިޖާޖަށް ތައްޔާރުވުމުގެ ގޮތުން، އެޕާޓީގެ އިސް ބޭފުޅުން މާލޭގައި ދޮރުން ދޮރަށް ހިނގާލުމުގެ ކެމްޕޭނެއް ކުރިއަށް ގެންގޮސްފިއެވެ.
ސަރުކާރުން ޤައުމު ލޫޓުވަމުންދާތީ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އޮކްޓޯބަރ 3 ވަނަ ދުވަހު @MDPSecretariat އިން ބާއްވާ އިހްތިޖާޖަށް ތައްޔާރުވުމަށް މިއަދުވެސް އަަޅުގަނޑުމެން މާލޭގައި ދޮރުން ދޮރަށް ހިނގާލިން. ރަށުތެރެއިން ދިމާވި އެކި އުމުރުފުރާގެ، އެކި ރަށްރަށަށް ނިސްބަތްވާ… pic.twitter.com/7xfCmWwLgM
— Abdulla Shahid (@abdulla_shahid) September 19, 2025
ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، މިއަދު މާލޭގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހިނގާލުމުގެ ތެރެއިން، ރަށުތެރެއިން ދިމާވި އެކި އުމުރުފުރާގެ، އަދި ރާއްޖޭގެ އެކި ރަށްރަށަށް ނިސްބަތްވާ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ފާޑުކިއުންތައް ގިނައިން އިވެމުންދާ ކަމަށެވެ. އެގޮތުން، އެ ބޭފުޅުންނަށް ފާހަގަކުރެވިފައިވާ ގޮތުގައި، ސަރުކާރުން ހައްޤަކަށްފަހު ހައްޤެއް، އަދި މުވައްސަސާއަކަށްފަހު މުވައްސަސާއެއް ލޫޓުވަމުންދާކަމުގެ ބިރުވެރިކަން ވަރަށް ބޮޑެވެ.
މިކަމުގެ ނުރައްކާތެރިކަމުގެ ވާހަކަ ރައްޔިތުން ދައްކަމުންދާ ކަމަށާއި، މިހާލަތުން ޤައުމު ސަލާމަތްވާން ޖެހޭކަމަށް އެންމެން އެއް އަޑަކުން ގޮވާލާ ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.
ޝާހިދު ވަނީ ސަރުކާރަށް ނިސްބަތްކޮށް “ބީރު ކަންފަތެއް ދީގެން ސަރުކާރަށް ތާއަބަދު ނޯވެވޭނެ” ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމަށްޓަކައި، އޮކްޓޯބަރ 3 ވަނަ ދުވަހު ބާއްވާ އިހުތިޖާޖަށް ވީހާވެސް ގިނަ ރައްޔިތުން ނިކުތުމަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު