ސުޕްރީމް ކޯޓުގެ މާލަންތަކަށް ކުރިން އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ނިސްބަތްކޮށްގެން ހާއްސަ ނަންތަކެއް ދީފިއެވެ.
އެ ނަންތައް ދީފައިވަނީ އެ ކޯޓުގެ 17 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކަމަށް ސުޕްރީމް ކޯޓުން ކުރި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ.
17ވަނަ އަހަރީ ދުވަހާ ގުޅިގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މާލަމްތަކަށް ކުރިން އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ނިސްބަތް ކުރައްވައިގެން ޚާއްޞަ ނަންތަކެއް ވަނީ ދީފައެވެ. 1/2 pic.twitter.com/XJgNk3h70p
— Supreme Court of the Maldives (@SCMaldives) September 18, 2025
ސުޕްރީމް ކޯޓުން ވިދާޅުވީ، ޝަރީއަތުގެ މާލަމަށް ޙުސައިން ޞަލާޙުއްދީން މާލަމް، ޑެލިބަރޭޝަން ރޫމަށް މުޙައްމަދު ޖަމީލު ދީދީ މާލަމް، ފަނޑިޔާރުންގެ މަޖިލިސް ކުރާ މާލަމަށް މޫސާ ފަތުޙީ މާލަމް އަދި މެއިން ހޯލަށް ޖަލާލުއްދީން ދަރުބާރުގެ ގޮތުގައި ނަން ދީފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓު އުފެއްދީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު