ހުޅުމާލެ ރަށު މާރުކޭޓު ސަރަހައްދުގެ ފަޅުތެރެއަށް ކުނި އަޅާފައި އޮއްވައި އެ ތަން ސާފްކޮށްފިއެވެ.
އެޗްޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ރަށުމާރުކޭޓު ސަރަހައްދުގެ ފަޅުތެރެއިން ކުނި ނަގާ، ފަޅުތެރެ ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެެވެ.
އެޗްޑީސީން ވަނީ ތިމާވެށި ސާފުތާހިރުކޮށް ބެހެއްޓުމަށާއި ކުނި ޑަސްބިނަށް އެޅުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ.
ހުޅުމާލެ ރަށުމާރުކޭޓު ސަރަހައްދުގެ ފަޅުތެރެއިން ކުނި ނަގާ، ފަޅުތެރެ ސާފުކުރުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުން.#WithHDC pic.twitter.com/z8jxo7B2OS
— Housing Development Corporation (@hdcmaldives) September 18, 2025
ރަށުމާރުކޭޓް ސަރަހައްދަކީ އެތައް ބަޔަކު ގޮސް މަޑު ކުރާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ޑަސްބިންވެސް ބަހައްޓާފައި ހުރެއެވެ.
އެޗްޑީސީން އާންމުކޮށްފައިވާ ޕޯސްޓުން ފެންނަ ގޮތުގައި އެ ސަރަހައްދަށް ކުނީގެ ގޮތުގައި ގިނައިން އަޅާފައިވަނީ ފްލާސްޓިކް ފުޅިއެވެ.
ހުޅުމާލޭގެ ފަޅުގެ އެކި ސަރަހައްދަށް ކުނި އަޅައި ހަޑިކުރާ މަންޒަރު މީގެކުރިން ވެސް ފެނިފައިވެއެވެ. އެފަދަ ކަންބޮޑުވުންތައް ލިބުމާއެކު އެޗްޑީސީއިން އަބަދުވެސް އެތަންތަން ސާފުކުރެއެވެ. އަދި ކުޅި ނޭޅުމަށް އިސްތިމާސްކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު